ދީނީ ސުވާލެއް އޮތީތަ؟
ދިމާނަ
މިލޭ ތުމްސޭ ބިޗަޅް ކޭ ހަމް – ދިމާނަ
މުނިއަވަސް ގްރެފިކްސް

މިފަހަރު މި ގެނެސްދެނީ “ސަލާމީ” ފިލްމުގެ އެންމެ މަޝްހޫރުވި އެއް ލަވައެވެ. މިއީ ފިލްމުގެ މައިގަނޑު ތިން ތަރިން ކަމަށް އައްޔޫބް ޚާން، ރޯޝްނީ ޖަފްރީ އަދި ސަމިޔުކްތާ ސިންގް ހަރަކާތްތެރިވާ “މިލޭ ތުމްސޭ ބިޗަޅް ކޭ ހަމް” އެވެ.

މަޝްހޫރު ޅެންވެރިޔާ ސަމީރުގެ ޅެންވެރިކަމަށް ކުމާރު ސާނޫ، އަލްކާ ޔަގްނިކް އަދި ކަވީތާ ކްރިޝްނަމޫރްތީ ކިޔައިދީފައިވާ މި އަސަރުގަދަ ލޯބީގެ ލަވައަކީ ދުރުގައި އުޅޭ ތިން ލޯބިވެރިން އެމީހުންގެ ހިތުގެ ޝުޢޫރުތައް ބަޔާންކޮށްދޭ ލަވައެކެވެ. ލަވައިގެ މިއުޒިކް ތައްޔާރުކޮށްދިނީ ނުވަދިހައިގެ އަހަރުތަކުގައި ހިންދީ ސިނަމާގައި ރަސްކަން ކުރި މިއުޒިކް ޑައިރެކްޓަރުން ކަމަށްވާ ނަދީމް-ޝްރަވަން އެވެ.

ހިންދީ ލަވަ އާއި ދިވެހި މާނަ

މިލޭ ތުމްސޭ ބިޗަޅް ކޭ ހަމް، މެރޭ ސާޖަން ދުއާ ކަރްނާ

ލޯބިވާއެވެ. ކަލާއާ ވަކިވެގެން ދިޔުމަށްފަހު، އަހަރެމެން އަލުން ބައްދަލުވޭތޯ ދުޢާ ކުރައްޗެވެ.

ސަހޭ ހަނސްކޭ ތުމްހާރޭ ޣަމް

ކަލާގެ ހިތާމަތަކަށް އަހަރެން ހިނިތުންވުމާއެކު ކެތްކުރާނަމެވެ.

ސަހޭ ހަނސްކޭ ތުމްހާރޭ ޣަމް، މެރޭ ސާޖަން ދުއާ ކަރްނާ

ކަލާގެ ހިތާމަތަކަށް އަހަރެން ހިނިތުންވުމާއެކު ކެތްކުރާނަމެވެ. ލޯބިވާއެވެ. ދުޢާ ކޮށްދެއްޗެވެ.

*****

އުލްފަތު ކޭ ނަޝޭމަން މޭ ކިސްނޭ، ޔޭ ޣަމް ކީ އާގް ލަގާއީ ހޭ

މިވެސް ކިޔާލަން:  ސާރޭ ސަޕްނޭ ކަހީ ކޯ ގަޔޭ – ދިމާނަ

ލޯބީގެ މި މަސްތުވުމުގައި، މި ހިތާމައިގެ އަލިފާން ރޯކުރީ ކާކު ހެއްޔެވެ؟

އުލްފަތު ކޭ ނަޝޭމަން މޭ ކިސްނޭ، ޔޭ ޣަމް ކީ އާގް ލަގާއީ ހޭ

ލޯބީގެ މި މަސްތުވުމުގައި، މި ހިތާމައިގެ އަލިފާން ރޯކުރީ ކާކު ހެއްޔެވެ؟

މުޅްކަރު ޖޯ ހަމްނޭ ދޭކާ ތޯ، ބަސް ޗާރޯ ތަރަފް ތަންހާއީ ހޭ، ބަސް ޗާރޯ ތަރަފް ތަންހާއީ ހޭ

އެނބުރި ފަހަތް ބަލައިލުމުން، ހަތަރުފަރާތުންވެސް ފެންނަން އޮތީ ހަމައެކަނި އެކަނިވެރިކަމެވެ.

އާޔޭ ޕިޔާރް ކާ ޕިރް މޯސަމް، މެރޭ ސާޖަން ދުއާ ކަރްނާ

ލޯބިވާއެވެ. އަނެއްކާވެސް ލޯބީގެ މޫސުން އާދޭތޯ ދުޢާ ކުރައްޗެވެ.

އާޔޭ ޕިޔާރް ކާ ޕިރް މޯސަމް، މެރޭ ސާޖަން ދުއާ ކަރްނާ

ލޯބިވާއެވެ. އަނެއްކާވެސް ލޯބީގެ މޫސުން އާދޭތޯ ދުޢާ ކުރައްޗެވެ.

ސަހޭ ހަނސްކޭ ތުމްހާރޭ ޣަމް

ކަލާގެ ހިތާމަތަކަށް އަހަރެން ހިނިތުންވުމާއެކު ކެތްކުރާނަމެވެ.

ސަހޭ ހަނސްކޭ ތުމްހާރޭ ޣަމް، މެރޭ ސާޖަން ދުއާ ކަރްނާ

ކަލާގެ ހިތާމަތަކަށް އަހަރެން ހިނިތުންވުމާއެކު ކެތްކުރާނަމެވެ. ލޯބިވާއެވެ. ދުޢާ ކޮށްދެއްޗެވެ.

މިލޭ ތުމްސޭ ބިޗަޅް ކޭ ހަމް، މެރޭ ސާޖަން ދުއާ ކަރްނާ

ލޯބިވާއެވެ. ކަލާއާ ވަކިވެގެން ދިޔުމަށްފަހު، އަހަރެމެން އަލުން ބައްދަލުވޭތޯ ދުޢާ ކުރައްޗެވެ.

*****

ޔާދޯން ކީ ސުލަގްތީ ރާތު މޭ ހަމް، ދިލް ތާމް ކޭ ރޯޔާ ކަރްތޭ ހޭ

ހަނދާންތަކުން އަނދަމުންދާ ރޭތަކުގައި، ހިތުގައި އަތްއަޅައިގެން އަހަރެމެން ރޮމެވެ.

މިވެސް ކިޔާލަން:  ދިލް މެރާ ތޯޅް ދިޔާ އުސްނޭ - ދިމާނަ

ހަނދާންތަކުން އަނދަމުންދާ ރޭތަކުގައި، ހިތުގައި އަތްއަޅައިގެން އަހަރެމެން ރޮމެވެ.

ބަޅީ ހަސްރަތު ސޭ ތަސްވީރް ތެރީ، އަޝްޤޯން ސޭ ބިގޯޔާ ކަރްތޭ ހޭ، އަޝްޤޯން ސޭ ބިގޯޔާ ކަރްތޭ ހޭ

ވަރަށް ބޮޑު ހިތާމައާއި އުންމީދާއެކު ކަލާގެ ތަސްވީރު، އަހަރެންގެ ކަރުނުން ތެމެމުންދެއެވެ.

އުލްފަތު ކީ ހޯ ނަޒްރޭ ކަރަމް، މޭރީ ޖާނަމް ދުއާ ކަރްނާ

ލޯބިވާއެވެ. ލޯބީގެ އޯގާތެރި ރަޙުމަތެއް ލެއްވުމަށް، ދުޢާކޮށްދެއްޗެވެ.

އުލްފަތު ކީ ހޯ ނަޒްރޭ ކަރަމް، މޭރީ ޖާނަމް ދުއާ ކަރްނާ

ލޯބިވާއެވެ. ލޯބީގެ އޯގާތެރި ރަޙުމަތެއް ލެއްވުމަށް، ދުޢާކޮށްދެއްޗެވެ.

ސަހޭ ހަނސްކޭ ތުމްހާރޭ ޣަމް

ކަލާގެ ހިތާމަތަކަށް އަހަރެން ހިނިތުންވުމާއެކު ކެތްކުރާނަމެވެ.

ސަހޭ ހަނސްކޭ ތުމްހާރޭ ޣަމް، މެރޭ ސާޖަން ދުއާ ކަރްނާ

ކަލާގެ ހިތާމަތަކަށް އަހަރެން ހިނިތުންވުމާއެކު ކެތްކުރާނަމެވެ. ލޯބިވާއެވެ. ދުޢާ ކޮށްދެއްޗެވެ.

މިލޭ ތުމްސޭ ބިޗަޅް ކޭ ހަމް، މެރޭ ހަމްދަމް ދުއާ ކަރްނާ

ލޯބިވާއެވެ. ކަލާއާ ވަކިވެގެން ދިޔުމަށްފަހު، އަހަރެމެން އަލުން ބައްދަލުވޭތޯ ދުޢާ ކުރައްޗެވެ.

*****

ކިޔާ ޚޫބް ހޭ ހަމް ތޭ ދީވާނޭ، ޖޯ އުންކި ތަމަންނާ ކަރްތޭ ހޭ

އަހަރެމެން ލޯބިން މޮޔަވެފައިވާލެއް ކޮންފަދަ އަޖައިބު ހެއްޔެވެ؟ ނުލިބޭނެކަން އެނގޭއިރުވެސް މި އެދެވެނީ ހަމަ އޭނާއަށެވެ.

މިވެސް ކިޔާލަން:  އަގަރް ޒިންދަގީ ހޯ - ދިމާނަ

ޔޭ ރާޒް ހަމޭ މާލޫމް ހޭ ވޯ، ކިސީ އޯރް ކޯ ޗާހާ ކަރްތޭ ހޭ، ކިސީ އޯރް ކޯ ޗާހާ ކަރްތޭ ހޭ

މި ސިއްރު އަހަރެމެންނަށް އެނގެއެވެ. އޭނާ ލޯބިވަނީ އެހެން މީހެއް ދެކެއެވެ.

ކަބީ ޕިޔާރް ނަ ހޯ ޔޭ ކަމް، މެރޭ ހަމްދަމް ދުއާ ކަރްނާ

ލޯބިވާއެވެ. މި ލޯބި ދުވަހަކުވެސް ފަނޑު ނުވޭތޯ، ދުޢާ ކުރައްޗެވެ.

ކަބީ ޕިޔާރް ނަ ހޯ ޔޭ ކަމް، މެރޭ ހަމްދަމް ދުއާ ކަރްނާ

ލޯބިވާއެވެ. މި ލޯބި ދުވަހަކުވެސް ފަނޑު ނުވޭތޯ، ދުޢާ ކުރައްޗެވެ.

ސަހޭ ހަނސްކޭ ތުމްހާރޭ ޣަމް

ކަލާގެ ހިތާމަތަކަށް އަހަރެން ހިނިތުންވުމާއެކު ކެތްކުރާނަމެވެ.

ސަހޭ ހަނސްކޭ ތުމްހާރޭ ޣަމް، މެރޭ ސާޖަން ދުއާ ކަރްނާ

ކަލާގެ ހިތާމަތަކަށް އަހަރެން ހިނިތުންވުމާއެކު ކެތްކުރާނަމެވެ. ލޯބިވާއެވެ. ދުޢާ ކޮށްދެއްޗެވެ.

މިލޭ ތުމްސޭ ބިޗަޅް ކޭ ހަމް، މެރޭ ސާޖަން ދުއާ ކަރްނާ

ލޯބިވާއެވެ. ކަލާއާ ވަކިވެގެން ދިޔުމަށްފަހު، އަހަރެމެން އަލުން ބައްދަލުވޭތޯ ދުޢާ ކުރައްޗެވެ.

އުލްފަތު ކީ ހޯ ނަޒްރޭ ކަރަމް، މޭރީ ޖާނަމް ދުއާ ކަރްނާ

ލޯބިވާއެވެ. ލޯބީގެ އޯގާތެރި ރަޙުމަތެއް ލެއްވުމަށް، ދުޢާކޮށްދެއްޗެވެ.

ކަބީ ޕިޔާރް ނަ ހޯ ޔޭ ކަމް، މެރޭ ހަމްދަމް ދުއާ ކަރްނާ

ލޯބިވާއެވެ. މި ލޯބި ދުވަހަކުވެސް ފަނޑު ނުވޭތޯ، ދުޢާ ކުރައްޗެވެ.

އާޔޭ ޕިޔާރް ކާ ޕިރް މޯސަމް، މެރޭ ސާޖަން ދުއާ ކަރްނާ

ލޯބިވާއެވެ. އަނެއްކާވެސް ލޯބީގެ މޫސުން އާދޭތޯ ދުޢާ ކުރައްޗެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top