ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދެވަނަ މެޗު ވޮއްމުލި ކާމިޔާބުކޮށްފި
ރިސޯޓް ލީގު - އެފްބީ

ރިސޯޓް ސުޕަރ ލީގު ފުޓްސަލް މުބާރާތުގައި އަރި ޒޯންގެ ޗެމްޕިއަން ކޮންރެޑް މޯލްޑިވްސް އާއި ދާލު ޒޯންގެ ޗެމްޕިއަން ދަ އެސްޓީ ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް ބައްދަލުކުރި ދެވަނަ މެޗު ވޮއްމުލި ކާމިޔާބުކޮށްފި އެވެ.

މި މަހުގެ 21 ވަނަ ދުވަހު ކޮންރެޑްގައި ކުޅުނު މި ދެ ޓީމުގެ ފުރަތަމަ މެޗު ނިމިފައިވަނީ 3-3 އިން އެއްވަރުވެގެން ނެވެ.

މިއަދު ހަވީރު އަންސާނާ ވެލާވަރު ރިސޯޓްގައި ކުޅުނު މެޗު ވޮއްމުލި ކާމިޔާބުކުރީ 5-2 އިން ނެވެ.

މެޗުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، މެޗުގެ ބޮޑުބައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ރަނގަޅަށް ކުޅެފައިވަނީ ވޮއްމުލިން ނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް އެ ޓީމުން ނެވެ. މެޗުގެ 4 ވަނަ މިނިޓްގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ އިބްރާހިމް އާދަމް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ކޮންރެޑްގެ ހާފުގެ ތެރެއިން އަރިމަތިން އެ ޓީމަށް ލިބުނު ކިކް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ކޮންރެޑަށް އެކަން ކާމިޔާބުވީ ހާފުގެ ފަހުކޮޅު އެވެ. 20 ވަނަ މިނިޓްގައި ކޮންރެޑަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަޒީމް އެވެ. ކޮންރެޑްއިން ނަތީޖާ ހަމަހަމަކޮށް މާ ގިނައިރެއް ނުވަނީސް ވޮއްމުލިން ދެވަނަ ފަހަރަށް ލީޑު ނެގި އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ނަސަތު އެވެ.

މިވެސް ކިޔާލަން:  ފަހު މެޗުން މޮޅުވި ވިޒިޓް މޯލްޑިވްސް، ބިނާރާ އާއެކު ކުއާޓާރ ފައިނަލަށް

ދެވަނަ ހާފުގައި މޮޅަށް ކުޅުނީ ވޮއްމުލިން ނެވެ. 30 ވަނަ މިނިޓްގައި ކޮންރެޑްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑާއިއެކު މެޗުގެ ނަތީޖާ 3-1 އަށް ބަދަލުވި އެވެ. 3-1 އިން ވޮއްމުލި މޮޅުވެގެން ނިމިދާނެކަމަށް ހީވި މި މެޗުގެ އިތުރު ވަގުތުގައި ވޮއްމުލިން ދެ ލަނޑު އަދި ކޮންރެޑުން އެއް ލަނޑު ޖެހި އެވެ. ވޮއްމުލިން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ، މެދުރޮނގު ކައިރިން ލިބުނު ފްރީކިކެއް ތިރިތިރިން ގޯލުގެ ތެރެއަށް ވައްދާލައިގެން އާމިލް އެވެ. ވޮއްމުލީގެ ފަސްވަނަ ލަނޑު ޖަހައިދިނީ ޒަޔާން އެވެ. އަދި ކޮންރެޑްގެ ދެވަނަ ލަނޑު ޖަހައިދިނީ ޝާހީން އެވެ.

5-2 އިން ވޮއްމުލި މޮޅުވި މި މެޗާއިއެކު އެ ޓީމަށް ކުރި ލިބިފައިވަނީ 5-8 ގެ އެގްރިގޭޓުން ނެވެ.

މި މުބާރާތުގެ މެޗެއް ދެން އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު އެވެ. އެދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ މި މުބާރާތުގެ ސެމީ ފައިނަލް މެޗެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top