ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ދަނޑުވެރިކަމުން އަޅުގަނޑުމެންގެ ދުޅަހެޔޮކަމަށް އަސަރުކުރަނީ ކިހިނެއް؟

ދަނޑުވެރިކަމާއި، ކާނާގައި އެކުލެވޭ މާއްދާތަކުގެ މުއްސަނދިކަމާއި، މޭވާއާއި ތަރުކާރީއާ ގުޅޭގޮތުން ފެންނަން ހުރި ގިނަގުނަ މަޢުލޫމާތުތަކުގެ ތެރެއިން ސައްޙަ މަޢުލޫމާތު ދެނެގަތުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އެހެންކަމުން، މި މައުޟޫޢުގެ މުހިންމު ބައިތަކަށް ބަލާލައި، މިކަމުގައި އަމަލުކުރަންވީ ގޮތްތަކަށް ފުންކޮށް ވިސްނާލަމާ ހިނގާށެވެ. މިގޮތުން، ކާނާގައި ހުންނަންޖެހޭ މުހިންމު މާއްދާތައް މަދުވާން މެދުވެރިވާ ސަބަބުތަކާއި، އޭގެ ސަބަބުން އަޅުގަނޑުމެންގެ ކެއިންބުއިމުގެ އާދަކާދަތަކަށް ގެންނަންޖެހޭ ބަދަލުތަކަށް އަލިއަޅުވާލާނަމެވެ.

ވޭތުވެދިޔަ ގަރުނެއްހާ ދުވަހުގެ ތެރޭގައި ބިމުގެ ފަސްގަނޑުގައި ހިމެނޭ ކާނާގެ މިންވަރުގެ ދެރަކަމާއި ފެންވަރު ދަށްވަމުން ދިއުމުގެ ސަބަބުން، މޭވާއާއި ތަރުކާރީގައި އެކުލެވޭ މުހިންމު ފައިދާހުރި މާއްދާތަކާއި ވިޓަމިންތައް ވަނީ މަދުވާން ފަށާފައެވެ. މިއީ “ސޮއިލް ޑިޕްލީޝަން” ނުވަތަ ބިމުގެ ފަސްގަނޑުން ކާނާގެ މާއްދާތައް ހުސްވުމުގެ ގޮތުގައި ފާހަގަކުރެވޭ ކަމެކެވެ. މިކަން އެންމެ ބޮޑަށް ސާފުވަނީ ތިރީގައިވާ ހޯދުންތަކުންނެވެ. 2004 ވަނަ އަހަރު “ހޯޓްސައިންސް” މަޖައްލާގައި ޝާއިޢުކުރި ދިރާސާއަކުން ދައްކާގޮތުގައި، 1950 އާއި 1999 އާ ދެމެދު 43 ބާވަތެއްގެ މޭވާއާއި ތަރުކާރީގެ މާއްދާތަކަށް އައި ބަދަލުތަކަށް ބަލާއިރު، ކެލްސިއަމް %16، ދަގަނޑުގެ ބައި %15، ވިޓަމިން ސީ %20 އަދި ރައިބޯފްލެވިން (ވިޓަމިން ބީ2) %38 ވަނީ މަދުވެފައެވެ. މިގޮތަށް ކާނާގެ މާއްދާތައް މަދުވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ޒަމާނީ ދަނޑުވެރިކަމުގެ އަންނަނިވި އުސޫލުތައް ހިމެނެއެވެ:

އެއްބާވަތެއްގެ ގަސް އިންދުން (މޮނޯކަލްޗަރ)
މިއީ އަހަރުން އަހަރަށް، ޖެނެޓިކް ގޮތުން އެއްގޮތް، ގިނައިން މޭވާ ނުވަތަ ތަރުކާރީ ލިބޭ އެއް ބާވަތެއްގެ ގަސް އެއް ބިމެއްގައި އިންދުމެވެ. މިކަމުގެ ސަބަބުން ފަސްގަނޑުގައި ހުންނަ ދިރުންތަކުގެ މުއްސަނދިކަން ގެއްލި، މަސްނޫޢީ ގަސްކާނާއާއި، ވިނަ މަރާ ބޭހާއި، ސޫފި މަރާ ބޭހަށް ބަރޯސާވާން ދަނޑުވެރިންނަށް މަޖުބޫރުވެއެވެ. މިފަދަ ތަކެތި ހައްދުން ނެއްޓި ބޭނުންކުރުމުގެ ސަބަބުން ފަސްގަނޑުގައިވާ ބޭނުންތެރި ކުދި ދިރުންތައް ނެތިގޮސް، ކާނާގެ މާއްދާތައް ފަސްގަނޑުން ބޭރުވެ، ބޭހަށް ނުގުޑާ ފަންޏާއި ވިނަ ފެތުރުމަށް މަގުފަހިވެއެވެ.

މިވެސް ކިޔާލަން:  އެގްރިކަލްޗަރ އޮންލައިން ސިސްޓަމް އިފްތިތާހްކޮށްފި

ބިންގަނޑު ކޮނެ ފަސްގަނޑުޖެހުން (ޓިލިންގް)

ދަނޑުވެރިކަމުގައި ބިންގަނޑު ކޮނެ ފަސްގަނޑުޖެހުމުގެ އުސޫލަކީ ބިމުގެ މަތީފަށަލައިން 6 އިންޗި އާއި 9 އިންޗިއާ ދެމެދުގެ މިންވަރެއް ދޫކޮށް، ގަނޑުވެފައިވާ ވެލިގަނޑު މުގުރާލުމެވެ. ވެލިގަނޑު ގިރުމަކީ، ނުވަތަ މައުދަނުން މުއްސަނދިވެފައިވާ ބިމުގެ އެންމެ މަތީ ފަށަލަ ވަކިވެގެން ދިއުމަކީ، އާންމުގޮތެއްގައި ވައިގެ ސަބަބުން ނުވަތަ ފެނުގެ ސަބަބުން ކަންހިނގާ ގުދުރަތީ ނަތީޖާއެކެވެ. އެހެންނަމަވެސް، ދަނޑުވެރިން ވިނަ ނޮޅައި، ދަނޑުގައި ހުންނަ ވިނަގަސްތަކުގެ ބާކީބައިތައް ނަގައި ސާފުކުރުމުގެ ތެރޭގައި މާބޮޑަށް ބިންގަނޑު ކޮނެ ހެދުމަކީ ބިންގިރުން (ސޮއިލް އިރޯޝަން) އަވަސްވެގެންދާނެ ކަމެކެވެ. މީގެކުރިން ހައްދާފައިވާ ގަސްތަކުން ވެލިގަނޑުގައި ހިފެހެއްޓިފައި ހުންނަ ކާނާގެ ބައިތަކަށް މިކަމުގެ ސަބަބުން ބުރޫއެރުމަކީ، ފަސްގަނޑުން މައުދަންތައް ބޭރުވެ، ފަސްގަނޑުގެ ދިރުން ނުވަތަ ފަސްގަނޑުގެ މުއްސަނދިކަން ކުޑަވެގެންދާނެ ކަމެކެވެ.

ހައްލަކީ ކޮބާ؟

ޖުމްލަގޮތެއްގައި ބަލާއިރު، ޒަމާނީ ދަނޑުވެރިކަމުގެ ސަބަބުން ބިމުގައި ހުންނަ ކާނާގެ ބައިތަކާއި ދިރުންތައް މަދުވެ، މޭވާއާއި ތަރުކާރީގެ ފައިދާ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިއީ ހިތާމަވެރި އަދި ކަންބޮޑުވާންޖެހޭ ކަމެއް ނަމަވެސް، ކާނާގެ މާއްދާތައް މަދުވުމުގެ ނުރައްކަލުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް، ތަފާތު ގިނަ ބާވަތްތަކުގެ ކާނާ ހިމެނޭ “ޑައިވަރސް ޑައިޓް” އެއް ބޭނުންކުރުމަށް އާދަކުރާށެވެ. މީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ތަފާތު މާއްދާތައް ހޯދުމަށް ފަސޭހަވާނެއެވެ. ދެވަނަ ކަމަކަށް، ފައިދާހުރި މާއްދާތައް އިތުރުކޮށްފައިވާ (ފޯރޓިފައިޑް) އުފެއްދުންތައް، މިސާލަކަށް ކިރު ފަދަ ތަކެތި ބޭނުންކުރުމަށް އިސްކަންދޭށެވެ. ތިންވަނަ ކަމަކަށް، ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތަކަށް ބާރުއަޅާށެވެ.

މިވެސް ކިޔާލަން:  ހުބާ ޕްލާންޓްސް - ދަރުމައަށް ކުރާ މުހިއްމު މަސައްކަތެއް

ކާނާގެ ފައިދާ ކަށަވަރުކުރުމުގެ އިތުރުން، ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ގާއިމުކުރުމަށާއި ކާބޯތަކެތީގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ބިމުގެ މުއްސަނދިކަން އިއާދަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިކަމަށްޓަކައި، ބާވަތްތައް ބަދަލުކޮށްގެން އިންދުމާއި (ކްރޮޕް ރޮޓޭޝަން)، ބިން ހަލާކުނުވާނެހެން ދަނޑުވެރިކަން ކުރުމާއި، ގުދުރަތީ ކާނާ ބޭނުންކުރުމަށް ވަކާލާތު ކުރަންޖެހެއެވެ. މިކަމުގައި މާބޮޑަށް ހާސްނުވެ، ކުދި ފިޔަވަޅުތަކުން ފަށާށެވެ. ކައިރީގައި ހުންނަ ދަނޑުތަކާ ބެހޭ މަޢުލޫމާތު ހޯދައި، ދަނޑުވެރިކަމުގެ ސިޔާސަތުތަކާ މެދު ސުވާލު އުފައްދައި، އަދި އަމިއްލައަށް ކޮންމެވެސް މިންވަރަކަށް ގަސް އިންދައި ހެއްދުމަށް މަސައްކަތް ކުރާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top