ޑެންގީ އަކީ އީޑީސް މަދިރީގ ޒަރިއްޔާއިން ފެތުރޭ، ފުރާނައަށް ނުރައްކާވެދާނެފަފަ ބައްޔެކެވެ.
ޑެންގީ ފެތުރެނީ ކިހިނެއް؟
ޑެންގީ ޖެހިފައިވާ މީހެއްގެ ގައިގައި އީޑިސް މަދިރި ހެފުމަށްފަހު މި މަދިރި ގޮސް އެހެން މީހެއްގެ ގައިގައި ހެފުމުން، އެމީހެއްގެ ގަޔަށް މިބަލީގެ ވައިރަސް އެރުމުންނެވެ.
އީޑީސް މަދިރި އާއްމުކޮށް ހަފަނީ ދުވާލު ގަޑީގައެވެ. އާއްމު ގޮތެއްގައި މި މަދިރި އެންމެ ގިނަވަނީ އިރުއަރާ އަދި އިރުއޮއްސޭ ގަޑީގައެވެ.
ޑެންގީ ހުމުގެ އަލާމާތްތައް
– 39 ޑިގްރީ ސެލްސިއަސްއަށް ވުރެ ހުން ގަދަވުން
– ގަދައަށް ބޮލުގައާއި ގައިގައި ރިއްސުން
– ލޮލޮގައާއި ލޯވަށައިގެން ރިއްސުން
– ހުޅުހުުޅުގައި ރިއްސުން
– ބަނޑުގައި ރިއްސާފައި، މޭނުބައިކޮށް ހޮޑުލެވުން
– ގައިގައި ރަތްބިހިތަކެއް (ރޭޝަސް) ނެގުން
ޑެންގީ ހުމުގެ ނުރައްކާތެރި އަލާމާތްތައް
– ކުޑަކަމުދެވޭ މިންވަރު މަދުވުން
– އާދަޔާ ޚިލާފަށް ވަރުދެރަވުން
– ހަށިގަނޑުގެ އެކި ތަންތަނުން (އާއްމުކޮށް ނޭފަތާ، ހިރުގަނޑު އަދި ހަންގަނޑުން ލޭއައުން
ޑެންގީ ހުމުގެ ފަރުވާ
– ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން
– އަރާމުކުރުން
– ހަށިގަނޑަށް ފައިދާހުރި ކާއެއްޗެހި ބޭނުންކުރުން
– ހުން މަޑުކުރުމަށާއި ގައިގައ ރިއްސުން ކުޑަކުރުމަށް ޕެނަޑޯލް ނުވަތަ ޕެރަސެޓަމޯލް ފިޔަވައި އެހެން އެއްވެސް ބޭނުން ނުކުރުން
ޑެންގީ ޖެހުމުން ރައްކާތެރިވާނެ ގޮތްތައް
މަދިރި އާލާވާ ފަދަ ތަންތަނާއި ތަކެތި ނައްތައިލުން: ގެއާއި ގޯތިތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަނާއި ތަކެތި މަދުވެގެން ހަފުތާއަކު އެއްފަހަރު ސާފުކުރުން
މަދިރި ހެފުމުން ރައްކާތެރިވުން
– ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުން
– މަދިރިގެ ބޭނުން ކުރުން
– ކުޑަދޮރު ފަދަ ތަންތާނގައި މަދިރި ދާ ޖެހުން
– މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުން
– މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން ބޭނުންކުރުން
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި