ޕާކިސްތާނުގައި މިއަހަރު މާޗް މަހުގެ 12 އިން 14 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސްކަލްޕްޗަރ ސިންޕޮޒިއަމްގައި ރާއްޖޭގެ 4 ފަރާތަކަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައިވާކަމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން މިއަދު ބުނެފިއެވެ.

 

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ބުނީ މި ފެސްޓިވަލްގައި ބައިވެރިވާ ފަރާތްތަކުގެ އެކޮމަޑޭޝަން އަދި ލޯކަލް ޓްރާސްޕޮޓޭޝަން ހަރަދު ހަމަޖައްސާނެކަމަށް އިންތިޒާމުކުރާ ފަރާތުން އަންގާފައި ވާކަމަށެވެ. ނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ ހަމަޖައްސަވަން ޖެހޭނީ ބައިވެރިވާ ފަރާތަކުން އަމިއްލައަށް ކަމަށް އެންސީއޭ އިން ކޮށްފައިވާ އިޢުލާނުގައި ބުނެއެވެ.

 

ސާކް ސްކަލްޕްޗަރ ސިންޕޮޒިއަމް ގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 06 ފެބުރުއަރީ 2019 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެންސީއޭ އަށް ސީވީ ހުށަހެޅުން އެދެއެވެ. މި މަހާސަމާ އާއި ބެހޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއި އެކުގައި ހިމަނާފައިވެއެވެ.

 

ސާކް ސްކަލްޕްޗަރ ސިންޕޮޒިއަމް އާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 3344667 ނަންބަރު ފޯނަށް ގުޅުމަށް އެންސީއޭ އިން އެދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.