ރާއްޖޭގެ ތަފާތު ފަންނުތަކުގެ ފަންނުވެރިންނަށް އަމާޒުކޮށްގެން އެންސީއޭ އިން ފޯރަމްތަކެއް ބާއްވަން ނިންމާފައި ވާކަމަށް އެ ސެންޓަރުން ބުނެފިއެވެ.
ރާއްޖޭގެ މިއުޒިކީ ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއެވުމުގެ މަޤްސަދުގައި މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނަށް ޚާއްސަކޮށްގެން ބޭއްވުމަށް ނިންމާފައިވާ ފޯރަމްގެ މައުލޫމާތު ދެއްވަމުންނެވެ.
އެންސީއޭ އިން ބުނީ މިމަހު 25 ވާ ހޯމަ ދުވަހުގެ ރޭ 20:45 ގައި ޔޫތު ސެންޓަރުގެ ސެމިނަރ ރޫމްގައި މިއުޒިކީ ފަންނާނުންނަށް ފޯރަމްއެއް ބޭއްވުމަށް ހަމަޖެހިފައި ވާކަމަށެވެ.
މިފޯރަމްގައި ވީހާވެސް ގިނަ މިއުޒިކީ ދާއިރާގެ ބޭފުޅުން ބައިވެރިވެލެއްވުމަކީ އެން.ސީ.އޭގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެތަނުން ހާމަކުރައްވައެވެ.
އެންސީއޭ އިން އިތުރަށް ބުނީ މިއުޒިކްގެ އިތުރުން، އިތު އެހެން ފަންނުތަކުގެ ބޭފުޅުންނަށް ޚާއްސަކޮށްގެން ވެސް ފޯރަމްތައް ބޭއްވުމަށް އެން.ސީ.އޭ އިން ރާވަމުން ގެންދަވާ ކަމަށެވެ.
“އެގޮތުން، ފިލްމީ ދާއިރާގެ ފަންނާނުންނަށް ޚާއްސަކޮށްގެން ބާއްވާ ފޯރަމަކާއި ކުރެހުމާއި އެހެނިހެން ވިޝުއަލް އާޓްސް ދާއިރާގެ ފަންނުވެރިންނަށް ޚާއްސަކޮށްގެން ބާއްވާ ފޯރަމެއް ކުރިއަށް އޮތް ހަފްތާގައި އާއި ފެބްރުއަރީ މަހުގެ ފެށޭ ހަފްތާގައި ބޭއްވުމަށް ދަނީ ރާވަމުންނެވެ.” އެންސީއޭ މިއަދު ކޮށްފައިވާ އިއުލާނެއްގައި ވެއެވެ.
ފަންނުވެރިކަން ކުރިއެރުވުމަށް އެންސީއޭ އިން އަބަދުވެސް ގިނަ މަސައްކަތްތަކެއްކުރައްވަވަމުން ގެންދަވާކަން ފާހަގަ ކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!