ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރެޑްބުލް ވިނިންގ ފައިވް – ފޮނދޫގެ ޗެމްޕިއަން ކަން ޓީމު އެލްވައިޑީއަށް

ރެޑްބުލް އެނާޖީ ޑްރިންކު ފަރާތުން ރާއްޖެގައި ބާއްވަމުން އަންނަ ރެޑްބުލް ވިނިން ފައިވް- މޯލްޑިވްސް 2020 މުބާރާތުގެ ލ.ފޮނަދޫގެ ޗެމްޕިއަންކަން ލާމު ޔޫތު ޑިވެލޮޕްމެންޓު (އެލްވައިޑީ)އިން ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ޓީމު އެލް.ވައި.ޑީ އިން ހޯދާފައިވަނީ ފައިނަލް މެޗުގައި ޓީމު ފޮނަދޫ ޔޫތު އެސޯސިއޭޝަން (އެފް.ޔޫ.އޭ) އާއި ވާދަކޮށް ކުރިހޯދައިގެންނެވެ.

އިއްޔެ ހަވީރާއި އަދި ރޭގަނޑު، ފޮނަދޫ ޓާފު ދަނޑުގައިކުރިއަށް ގެންދެވުނު މި މުބާރާތުގައި، ސޯޅަ ޓީމަކުން ވާދަކޮށް ޖުމުލަ ނަވާވީސް މެޗުވަނީ ކުޅެފައެވެ.

މި މުބާރާތުގެ އަތޮޅުބުރު ރާއްޖޭގެ އެކިއެކި އަތޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދާ ޓީމުތައް މި އަހަރު ޖޫންމަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ބުރަށް ކޮލިފައިވެގެން ދާނެއެވެ.

ލާމު ޔޫތު ޑިވެލޮޕްމެންޓުގެ ދެ ކުޅުންތެރިން – ފޮޓޯ: އެލްވައިޑީ

މި މުބާރާތުގެ ޗެމްޕިއަންސް ބުރުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ފަންސާސް ހާސް އަދި ރަނަރަޕަށް ފަންސަވީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top