“ހަވާސް ބޮޑުބެރު” ގްރޫޕުން “ސިހުރު”ގެ ނަމުގައި ކުރު ފިލްމެއް ގެނެސްދޭން ތައްޔާރުވެ، ފިލްމުގެ ޓްރެއިލަރ ވެސް ރިލީޒްކޮށްފިއެވެ.
ޔޫޓިއުބަށް ރިލީޒްކުރުމަށް ނިންމާފައިވާ އެއް ގަޑިއިރުގެ ކުރުފިލްމު “ސިހުރު” މިއީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ބިރުވެރި ފިލްމެކެވެ. މި ފިލްމުގައި ފެނިގެންދާނީ ރާއްޖޭގައި މިހާރު އިޖްތިމާޢީ ވަބާއަކަށް ވެފައިވާ ސިހުރުހާހޫރައިގެ ކަންތައްގަނޑެކެވެ.
ހަވާސް ސްޓޫޑިއޯގެ މި ކުރު ފިލްމުގެ ކެމެރާ އަދި އެޑިޓިންގެ މަސައްކަތްކޮށްފައިވަނީ ތަސްނީމް ހަސަން (ތައްތި) އެވެ.
https://www.facebook.com/havaasboduberu/videos/993681574424216/?__tn__=%2Cd%2CP-R&eid=ARCWFAqI-AZUEOJngNwO8aQAx9Do94nkQ2sgKpxPptFim0ZBNdKW0_0H-dta7081zoMsi54cJDZecwpy
ހަވާސް ބޮޑުބެރުު ގްރޫޕްގެ ރަސްމީ ފޭސްބްކް ޕޭޖްގައި “ސިހުރު”ގެ ޓްރެއިލާ ރިލީޒްކޮށްފައިވާއިރު އެ ޓްރެއިލާއަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ޓްރެއިލަރުން ބިރުވެރި ކަންތައްތަކެއް ފެނިގެންދާއިރު، ހަވާސް އިން ޖައްސަން މިއުޅޭ “ސިހުރު” ރިލީޒްވާނެ ތާރީޚަށް އިންތިޒާރުކޮށްލަމާ ހިނގާށެވެ. ފިލްމު ރިލީޒްކުރާނެ ތާރީޚެއް އިޢުލާނުކުރާނެ ދުވަހަކަށްވެސް އިހަށް ޖެހޭނީ އިންތިޒާރުކޮށްލާށެވެ. ހަމަ ގައިމުވެސް ލަހެއް ނުވެ އެ ތާރީޚް އެނގިދާނެއެވެ.
“ހަވާސް ބޮޑުބެރު” ގްރޫޕަކީ ބޮޑުބެރުގެ އިތުރުން ވީޑިއޯ ޕްރޮޑަކްޝަންގައި ވެސް ހުނަރުވެރި މަސައްކަތްތަކެއް އުފައްދަމުން އަންނަ ޒުވާން ގްރޫޕެކެވެ. އެގޮތުން މިދިޔަ ބޮޑު ޢީދަށް ތައްޔާރުކުރި ޢީދު ލަވަ ”ޢީދު ވެދުން“ ވަރަށް ތަފާތުވެފައި އެހާމެ ރީއްޗެވެ.
