ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަރިޔަނބު އުޅޭހެން އުޅެބަލަ! – ވީޑިއޯ

ކޮވިޑް-19ގެ ބަލިމަޑުކަން ފިލައިގެން ދިޔަކަމަށް ދެކިގެން އުޅޭވޭކަށް އަދިވެސް ނެތެވެ. ސާފުތާހިރުކަމާއި، ގައިދުރުކަން ބެހެއްޓުމަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރެވެން އޮތް އެންމެ މުހިންމު ދެ ކަންތައް ކަން، ކަމާބެހޭ ފަރާތްތަކުން ކެނޑިނޭޅި އެ ގެންދަވަނީ ހަނދުމަކޮށްދެމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ފަރާތުން ކޮވިޑް-19 އަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް އިއްޔެ އާއްމުކޮށްފައިވާ ވީޑިއޯ ސްޕޮޓަކީ ތަފާތު، އަދި ރަނގަޅު މެސެޖްތަކެއް ލިއްބައިދޭ އިޝްތިހާރެކެވެ.

އަތް ދޮވެފިންތަ؟ ސާފުތާހިރުކޮށް އަތް ބޭއްވުމަކީ ރަނގަޅު ޞިއްޙަތެއްގައި ދެމިތިބުމަށް އެންމެ ރަނގަޅު ކަންތައްކަން މަރިޔަނބު (މަޝްހޫރު އެކްޓްރެސް އައިންތު ރަޝީދާ) ދަނެއެވެ. އެހެންކަމުން މަރިޔަނބު އުޅޭހެން އުޅުމަށް މި ވީޑިއޯގައި އިލްތިމާސްކުރެއެވެ.

މި ވީޑިއޯގައި މަރިޔަނބުގެ އާއިލާ މެންބަރުން އަތް ދޮވުމަށް މަރިޔަނބު ބާރުއަޅާ މިންވަރާއި، އަތް ދޮންނަންވީ ރަނގަޅު ގޮތްތަށް ދައްކައިދެނީ ޝައުޤުވެރިވާ އަދި ހަނދާނުގައި ބަހައްޓަން ފަސޭހަ ކަމެއް މަރިޔަނބު ކުރަމުންނެވެ. އަތް ދޮވެލައިގެން ވީޑިއޯ ބަލައިލާށެވެ. ވީޑިއޯ އެހެން މީހަކާ ޝެއާކޮށްލުމަށްފަހު ވެސް އަތް ދޮވެލާށެވެ.

https://www.facebook.com/588483497901727/posts/3364260216990694/?vh=e&extid=0&d=n

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top