މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ނައިބު ވަލީދާ ވަލީދު، ދިވެހި ފިލްމީ ދާއިރާގެ އަންހެން ފަންނާނުންނަށް ޚާއްޞަ ތަރާވީހެއް ދެއްވައިފިއެވެ. މި ތަރާވީސް ޖާފަތުގައި ރާއްޖޭގެ އެހާރާއި މިހާރުގެ ގިނަ އަދަދެއްގެ ތަރިން ބައިވެރިވިއެވެ.
ދިވެހި ފިލްމީ އަންހެން ތަރިންގެ މެދުގައި އެކުވެރިކަން ބަދަހިކޮށްލައި އުފާވެރި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށް މި ތަރާވީސް ޖާފަތް ބޭއްވީ މިމަހު 17ވަނަ ދުވަހުގެ ރޭ މާލޭގައި ހުންނަ ނޮވެލް ރެސްޓޯރެންޓްގަ އެވެ.
ރޭގަނޑު 09:30 ން 11:30 އަށް ކުރިއަށްގެންދިޔަ މި ތަރާވީސް ޖާފަތުގައި ސީކްރެޓް މެސެޖް ޕާސްކުރުން ގޭމެއްގެ ގޮތުގައި ކުޅެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްފައިވެ އެވެ.
މި ތަރާވީސް ޖާފަތުގެ ކުރީގެ ފިލްމީ ތަރި ނިޝާ، ޝީރީން، ވަލީދާ، ޝިރާނީ، އަފީފާ، ނީނާ، ނިޢުމާ، ފަރީ، ނިހާ، އަދި ސިތޫ ބައިވެރިވިއެވެ. މީގެ އިތުރުން މިހާރުވެސް ފިލްމީ ދާއިރާގައި ސްކްރީނުން ފެންނަ ރިޝްފާ، ޝަކިއްތަ، އާމިރާ، ނާއްކޮ، އަޒޫ، ރިޝްމީ، ޒީނަތު ބައިވެރިވިއެވެ.




ފޮޓޯ ކްރެޑިޓްސް: ވަލީދާ އަދި ރިޝްފާ
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި