ހޭވައްލާ ބޮޑުބެރު ގުރޫޕާއި ކްރިއޭޓިވް ނެޓްވޯކްގެ އާ ވީޑިއޯ ލަވަ ”މާ ލިލީ“ ރިލީޒްކޮށްފިއެވެ.

މުޙައްމަދު ނާއިލް، ޢަލީ ޔާމީން އަދި މަރިޔަމް އަޝްފާގެ އަޑުން އިވިގެންދާ މި ހިތްގައިމު ލަވައިގެ ޅެން ހަދާފައިވަނީ ރިބާޙް ޙުސައިން (ލިޔަން ސޮރަ) އެވެ. އަޙްމަދު ވަލީދު، މުޙައްމަދު އިޝްފާން، ޢައިޝާ ޢަލީ އަދި އަޙްމަދު ޝާރިފް ފެނިގެންދާ މި ލަވައިން ދައްކުވައިދެނީ ސާދާ ”ލިލީ“ ހޯދުމަށް ތިން ފިރިހެނަކު ކުރާ މަސައްކަތެވެ.

ދިވެހިވަންތަ ނެށުންތަކެއްވެސް ފެނިގެންދާ މި ލަވައިގެ ނެށުންތައް ތައްޔާރުކޮށްދީފައިވަނީ އަޒްހާން އިބްރާހީމްއާއި މިބްސާމް ހަމީދެވެ. މޭކަޕް ކޮށްދިނީ ޖަސްޓިންއެވެ.

އއ. ތޮއްޑޫގެ ނަލަ މަންޒަރުތައް މި ލަވައިން ދައްކައިދިނީ ލައިޓްސް އައުޓް ޕްރޮޑަކްޝަންސް އިންނެވެ. ލަވަ ޑައިރެކްޓް ކޮށްފައިވަނީ ތަފާތު މޮޅު އުފެއްދުންތަކެއް ގެނެސްދެމުން އަންނަ ޑައިރެކްޓަރ އަޒްހާން އިބްރާހީމެވެ.

މީގެ ދެދުވަސް ކުރިން ރިލީޒްކުރި ”މާ ލިލީ“ އަށް މިހާތަނަށް 23 ހާހަށްވުރެ ގިނަ ވިއުސް ޔޫޓިއުބުން ލިބިފައިވެއެވެ. މިއީ އަންނަ ނޮވެމްބަރ 20 ގައި އޮލިމްޕަހުގައި އަޅުވާ ފިލްމު ”ލިލީ“ ގެ ޕްރޮމޯޝަންގެ ދަށުން އުފައްދާފައިވާ ލަވައެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.