އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ރިލީޒްކުރަން ހަމަޖެހިފައިވާ ދިވެހި ފިލްމު “ލިލީ” ގެ ޓްރެއިލާ ރިލީޒްކުރަން މިރޭ ބޮޑު ޝޯއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
މިރޭ 8:20 ގައި މި ހަރަކާތް ފަށަނީ ރެޑް ކާޕެޓުންނެވެ. ސޯޝަލް ސެންޓަރުގައި ބާއްވާ މި ހަރަކާތުގައި އޮފިޝަލް ޓްރެއިލާގެ އިތުރުން ފިލްމުގެ އޮފިޝަލް ޕޯސްޓަރުވެސް ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. މިއީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ހަރަކާތެރެކެވެ.
ކްރިއޭޓިވް ނެޓްވޯކުގެ ކުޑައިގެ ދަށުން ނެރޭ ފުރަތަމަ ފިލްމުގެ ފަރާތުން މިރޭ މި ބާއްވަނީ މިފަދަ ބޮޑު ފުރަތަމަ ހަރަކާތެވެ. މި އިވެންޓުގައި ހޭވައްލާ ބޮޑުބެރު ގްރޫޕުގެ އިތުރުން ޓޫއޮފްއަސް، ފާލިހު، ބަޖިއްކޮގެ އިތުރުން ނާއިވެސް ޕާފޯމް ކުރާނެ އެވެ.
ދިވެހި ފިލްމު “ލިލީ”ގެ ޓްރެއިލާ މިހާރު ވަނީ ބައެއް މީހުންނަށް ދައްކާލައިފަ އެވެ. ރިއެކްޝަން ވީޑިއޯގައި ފިލްމުގެ ލީޑު ތަރިން ކަމަށްވާ އާއިޝާ އަލީ، މުހައްމަދު އިޝްފާން އަދި އަހުމަދު ޝާރިފް އަދި މަރިޔަމް ޝިމާގެ އެކްޓިންއަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ. މީގެ އިތުރުން ފިލްމުގެ ސިނަމެޓޯގްރަފީއަށްވެސް ތައުރީފުކޮށްފައިވެ އެވެ.
“ލިލީ” ގެ ޕްރޮމޯޝަނަލް މަސައްކަތްތައް މީގެ ތިން މަހެއްހާ ދުވަސް ކުރިން ފަށާފައިވާއިރު އޮފިޝަލް ޓްރެއިލާ އާއިއެކު ފިލްމުގެ ޓިކެޓު އާންމުކޮށް ވިއްކަން ފަށާނެކަމަށް ބެލެވެ އެވެ. މިހާރު ޓިކެޓު ބުކް ކުރުން ކުރިއަށް ދަނީ އޮންލައިންކޮށެވެ. އެގޮތުން ފިލްމުގެ ވެބްސައިޓު www.book.lilythemovie.com އިންނާއި ވައިބާ ނަމްބަރު 7505079 އަށް މެސެޖު ކޮށްގެންވެސް ޓިކެޓު ބުކް ކުރެވެ އެވެ. ފިލްމުގެ ފުރަތަމަ ތިން ޝޯގެ ޓިކެޓު މިހާރު ބުކް ކުރަމުން ދާއިރު ފުރަތަމަ ދެ ޝޯގެ ބޮޑު ބައެއް ވަނީ މިހާރު ފުލް ވެފަ އެވެ.
މިއީ ކްރައިމް ތްރިލާ ޖޯންރާގެ ފިލްމެކެވެ. ފިލްމުގެ އިތުރު ތަރިންގެ ތެރޭގައި މަރިޔަމް ހަލީމް، އަހުމަދު ނިމާލް، އަލީ ފާރޫގު، މުހައްމަދު ވަހީދު، އައިޝަތު އާރިފާގެ އިތުރުން މަރިޔަމް ވަހީދާވެސް ހިމެނެ އެވެ. މިއީ މުހައްމަދު އަރީހު ޕްރޮޑިއުސްކޮށް އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކޮށްފައިވާ ފިލްމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




