ޑާކް ރެއިން އެންޓަޓެއިންމެންޓުން މި އަހަރު ޑިސެމްބަރު 01 ގައި އޮލިމްޕަހުގައި ދައްކަން ފަށަން ހަމަޖެހިފައިވާ ފިލްމު ”އަލްވަދާޢު“ގެ ފުރަތަ ފަސް ޝޯއަށް ޕްރީ ބްކިން ހެދުމަށް ހުޅުވައިލުމާއެކު ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނެފިއެވެ.
އަސަރުގަދަ ލޯބީގެ ފިލްމު ”އަލްވަދާޢު“ގެ ފުރަތަ ފަސް ޝޯގެ ޕްރީ ބުކިންއަށް ހުޅުވައިލީ މިއަދު ހެނދުނު އެވެ. ޕްރީ ބުކިންއަށް ހުޅުވައިލުމާއެކު ލިބެމުން އަންނަ ތަރުހީބަށް ބަލާފައި ދަންވަރު ޝޯތައް ބާއްވަން ޖެހޭނެ ކަމަށް ވެސް ޑާކް ރެއިން އިން މުނިއަވަސްއާ މަޢުލޫމާތު ހިއްސާކުރަމުން ކާމިޔާބު ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ) ފާހަގަކުރިއެވެ.
ފިލްމު ”އަލްވަދާޢު“ގެ ޓިކެޓް ބުކްކުރުމަށް ޑާކް ރެއިންގެ ނަންބަރު 9911229 އަށް ވައިބަރުން މެސެޖް ކުރުމަށް އެދިފައިވެއެވެ.
މި ފިލްމަކީ ޝަހުދާ މަހްމޫދު (ޝަހޫ) ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު ކެމެރާކުރާނީ ހުނަރުވެރި އެކްޓަރ މުޙައްމަދު ފައިސަލް އެވެ. ފިލްމުގެ ޓެކްނިކަލް މެނޭޖަރަކީ ޒިފާފް އެވެ.
”އަލްވަދާޢު“ގައި ހަރަކާތްތެރިވާ ތަރިންނަށް ބަލާލާއިރު، ލީޑްގައި ހަރަކާތްތެރިވަނީ ހުނަރުވެރި އެކްޓަރު މަރިޔަމް މަޖުދާ އަދި ޝަރަފް އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި މަޝްހޫރު އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، ޝީލާ ނަޖީބް، ކުރިއަރަމުން އަންނަ އެކްޓްރެސް ޢާއިޝަތު ލައިޝާ ލަޠީފް، މަޒީން، ހާޒިފް ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




