އައިފިލްމްސް، ލައިޓްސް އައުޓް ޕްރޮޑަކްޝަން އަދި އިންޖީނިއަސް ވިޝުއަލް ފެކްޓަރީގެ އުފެއްދުމެއް ކަމުގައިވާ ”ލޯބިން…؟“ ޑިސެމްބަރު މަހު 12، 13 އަދި 16 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ޝްވެކް ސިނަމާގައި އަޅުވަން ނިންމައިފި އެވެ. އައިފިލްމްސް އިން ބުނީ މިއީ ބެލުންތެރިންގެ ޑިމާންޑް ލިބެމުންދާތީ ބާއްވާ ތިން ޝޯ ކަމަށެވެ.
މި ފިލްމުގެ ދެ ޝޯއެއް މިމަހު 08 އަދި 10 ގައި ވެސް ޝްވެކް ސިނަމާގައި ދައްކާފައިވެއެވެ.
ފިލްމު ”ލޯބިން….؟“ އަކީ އިލްޔާސް ވަހީދު ޑައިރެކްޓްކުރި ފިލްމެކެވެ. މި ފިލްމު ޕްރިމިއާކުރީ އޯގަސްޓް މަހުގެ 06 ވަނަ ދުވަހު އެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބަކާއި ތައުރީފެއް މި ފިލްމަށް ލިބިފައިވެއެވެ.
ފިލްމު “ލޯބިން…؟” އަކީ ދިވެހި މުޖުތަމަޢަށް އެތަކެއް ފައިދާހުރި މެސެޖްތަކެއް ލިބިގެންދާނެ ފިލްމެކެވެ.
ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އިއްލެ ލިޔެ، ޑައިރެކްޓްކޮށްފައިވާ “ލޯބިން” ގެ ލީޑް ކާސްޓްގައި ހިމެނެނީ އިފްނާޒް ފިރާޤް، ތާތި އާދަމް، އަހުމަދު ޝާރިފް އަދި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. ފިލްމުން ފެންނާނެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އާއި އައިމިނަތު ރަޝީދާ (އައިންތު) އަދި އައިޝަތު ގުލްފާ ހިމެނެ އެވެ.
View this post on Instagram
