ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަސްވަނަ ކަރްނާޓަކާ ފިލްމު މަހާސަމާއަށް ނޮވެމްބަރ، ސާޔާ އަދި ކަމަނާ!

2025 ޑިސެމްބަރު 27ން 28އަށް އިންޑިއާގައި ބާއްވާ 05ވަނަ ކަރްނާޓަކާ ފިލްމު މަހާސަމާއަށް މޯލްޑިވްސް ސޮސައިޓީ ފޯރ ޕާރފޯމިން އާޓްސް (އެމްއެސްޕީއޭ) މެދުވެރިއެއްގެ ދައުރު އަދާކޮށްގެން މިފަހަރު ރާއްޖެއިން ހުށައަޅަނީ ފިލްމު “ނޮވެމްބަރ”، “ސާޔާ” އަދި “ކަމަނާ” ކަމަށް އެމްއެސްޕީއޭ އިން ހާމަކޮށްފިއެވެ.

ފެސްޓިވަލްގެ އެންމެ ފަހުގެ މަޢުލޫމާތުތައް މުނިއަވަސްއާ ހިއްސާކުރަމުން އެމްއެސްޕީއޭގެ ޗެއާމަން މުޙައްމަދު ރަޝީދު (ދަރާ) ބުނީ ރާއްޖެއިން ހުށައަޅާފައިވަނީ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ “ނޮވެމްބަރ”، ޝައި ޕްރޮޑަކްޝަންގެ “ސާޔާ”ގެ އިތުރުން ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯގެ “ކަމަނާ” ކަމަށެވެ.

[MDSL id=50551]

“ފެސްޓިވަލްގަ ޚާއްޞަ ގެސްޓުންގެ ގޮތުގަ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި/ޑައިރެކްޓަރ ޔޫސުފު ޝަފީޢު އަދި ޑައިރެކްޓަރ/ޕްރޮޑިއުސަރ ޙުސައިން މުނައްވަރު ބައިވެރިވާނެ.

އެމްއެސްޕީއޭ ރީޕްރެސެންޓްކުރަން ބައިވެރިވާނީ އަޅުގަނޑު.”

– އެމްއެސްޕީއޭގެ ޗެއާމަން މުޙައްމަދު ރަޝީދު (ދަރާ)

މިއީ އެމްއެސްޕީއޭ މެދުވެރިވެގެން ރާއްޖޭގެ ފިލްމުތައް މި ފެސްޓިވަލްގައި ބައިވެރިކުރާ ހަތަރުވަނަ ފަހަރެވެ. މި ފެސްޓިވަލްގައި ބައިވެރިކުރި ފިލްމުތަކަށް މީގެ ކުރީ ފަހަރުތަކުގައި ވަރަށް ރަނގަޅު ކާމިޔާބީތަކެއް ލިބިފައިވެއެވެ.

“މިފަހަރުވެސް އަޅުގަނޑުމެން މި އުއްމީދުކުރަނީ އަޅުގަނޑުމެންގެ ފިލްމުތަކަށް ކޮންމެވެސް އެވޯޑްތަކެއް ލިބޭނެ ކަމަށް.”

– އެމްއެސްޕީއޭގެ ޗެއާމަން މުޙައްމަދު ރަޝީދު (ދަރާ)

2024ވަނަ އަހަރު ޑިސެމްބަރު މަހު 22ން 24އަށް އިންޑިއާގެ ކަރްނާޓަކާގެ ހުބުލީގައި ބޭއްވި 03 ވަނަ ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލުގައި އެކިއެކި ޤައުމުތަކުން ހުށައެޅި 145 ފިލްމުގެ ތެރެއިން ރާއްޖޭގެ 03 ފިލްމަކަށް ފަޚުރުވެރި 05 އެވޯޑެއް ލިބިފައިވެއެވެ.

މި ފަހަރުގެ ފެސްޓިވަލް ބާއްވަނީ އިންޑިއާގެ ކަރްނާޓަކާ ސިޓީ ދަރުވާދު ގައެވެ،

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top