01 ޑިސެމްބަރު 2025 ވަނަ ދުވަހުގެ ރޭ އޮލިމްޕަހަށް ރިލީޒްކޮށް މިމަހު ވިއްސާއި ހަމައަށް ކާމިޔާބު ޝޯތަކެއް ދެއްކި އަސަރުގަދަ ލޯބީގެ ފިލްމު ”އަލްވަދާޢު“ ރާއްޖޭގެ ރަށްރަށުގައި ވަރަށް ފޯރިއާއެކު ދައްކަން ފަށައިފިއެވެ. ”އަލްވަދާޢު“ގެ ޝޯތައް ބެލުމަށް ފަހު ކޮންމެ މީހަކުވެސް ފިލްމާމެދު ދެމުން ގެންދަނީ ފަހި ކޮމެންޓްތަކެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފިލްމު ”ވަަރަށް ރީތި“، ”ވަރަށް އަސަރު ގަދަ“ ނުވަތަ ”ވަަރަށް ސަޅި“ ކަމަށް ނުބުނާ ދިމާއެއް މަދުކަން ފާހަގަކޮށްލެވެއެވެ.

ރަށްރަށުގައި މި ފިލްމު ދައްކަމުން އަންނައިރު، އައު އަހަރާއި ދިމާކޮށްވެސް ފިލްމު ”އަލްވަދާޢު“ އޮލިމްޕަހަށް ގެންނަން ވަނީ ނިންމާފައެވެ. އެގޮތުން ފިލްމު “އަލްވަދާޢު” އަޅުވަން ހަމަޖެހިފައިވަނީ 2026 ޖެނުއަރީ 02، 03، 04 އަދި 06 ގައެވެ. މީގެ އިތުރުން ޑާކް ރެއިން އިން ނެރުނު ވަރުގަދަ އެކްޝަން ތުރިލާ “އަލިފާން” ދައްކާނީ ޖެނުއަރީ 05ގައެވެ.‏ އޮލިމްޕަހުގެ ޝޯތަކަށް ޓިކެޓް ގަތުމަށް ގުޅަން ޖެހޭ ނަންބަރަކީ 9911229 އަށެވެ.

2026 ޖެނުއަރީ 15 އަދި 16 ވަނަ ދުވަހުގެ ރޭ ”އަލްވަދާޢު“ގެ ދެ ޝޯ އައްޑޫގައިވެސް ދައްކާނެއެވެ. އައްޑޫ ޝޯތަކަށް ޓިކެޓް ހޯދުމަަށް ގުޅަން ޖެހޭ ނަންބަރަކީ 7332067 އެވެ.
ތިނަދޫ ސިޓީގައިވެސް ”އަލްްވަދާޢު“ ދައްކާނެއެވެ. ތިނަދޫން ޓިކެޓް ހޯދުމަށް ގުޅަން ޖެހޭ ނަންބަރަކީ 7498197 އެވެ.

ފިލްމު ”އަލްވަދާޢު“ ޝަހުދާ މަހްމޫދު (ޝަހޫ) ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު ކެމެރާކުރާނީ ފިލްމު ޑައިރެކްޝަނުންވެސް ފާހަގަކޮށްލެވޭ އުފެއްދުންތަކެއް ގެނެސްދެމުން އަންނަ ހުނަރުވެރި އެކްޓަރ މުޙައްމަދު ފައިސަލް އެވެ. ފިލްމުގެ ޓެކްނިކަލް މެނޭޖަރަކީ ޒިފާފް އެވެ.

އަސަރުގަދަ ލޯބީގެ ފިލްމު ”އަލްވަދާޢު“ގައި ހަރަކާތްތެރިވާ ތަރިންނަށް ބަލާލާއިރު، ލީޑްގައި ހަރަކާތްތެރިވަނީ ހުނަރުވެރި އެކްޓަރު މަރިޔަމް މަޖުދާ އަދި ޝަރަފް އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި މަޝްހޫރު އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، ޝީލާ ނަޖީބް، ކުރިއަރަމުން އަންނަ އެކްޓްރެސް ޢާއިޝަތު ލައިޝާ ލަޠީފް، މަޒީން، ހާޒިފް ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.