ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަޝްހޫރު ޑައިރެކްޓަރ ފައްތާހް ނިޔާވެއްޖެ

‎اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن

ކުރީގެ މަޝްހޫރު ޑައިރެކްޓަރ ޢަބްދުލް ފައްތާހު ނިޔާވެއްޖެއެވެ.

ފައްތާހު ނިޔާވީ ކުއްލިއަކަށް މި މަހު 30 ވަނަ ދުވަހު ހަވީރު ހާޓް އެޓޭކެއް ޖެހިގެންނެވެ. ހާޓް އެޓޭކް ޖެހުމާއެކު ފުރަތަމަ މަސައްކަތް ކުރީ ކުޅުދުއްފުށްޓަށް ގެންދިއުމަށެވެ. ނަމަވެސް އެއަށްވުރެ އަވަހަށް ދެވެން އޮތީ ދިއްދޫއަށް ކަމަށްވުމުން އިތުރު ފަރުވާއަށް ދިއްދޫއަށް ގެންދިޔައެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، ފައްތާހު ނިޔާވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށްކަމަށެވެ.

ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ޑައިރެކްޓަރުކަމުގައިވާ ފައްތާހު ނިޔާވީ އުމުރުން 54 އަހަރުގައެވެ.

ފައްތާހުއަށް ވަނީ 2004 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިފައެވެ. އަދި 2007 ވަނަ އަހަރު މިއަދު ކްރިސްޓަލް އެވޯޑުގެ ބެސްޓް އެޑިޓިން އަދި ބެސްޓް ޑަައިރެކްޓަރުގެ އެވޯޑު ވަނީ ނިބިފައެވެ. އޭނާ ވަނީ 4 ވަނަ ޤައުމީ ފިލްމު އެވޯޑުގައި ބެސްޓް ސްކްރީން ޕްލޭ ބެސްޓް އާޓް ޑިރެކްޝަން އަދި ބެސްޓް މޭކަޕް ހޯދާފައެވެ.

‎މާތް اَللّٰهُ, މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮރަހްމަތްލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top