ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޕަރީ” ޕްރިމިއާއަށް ބޮލީވުޑުން އަންނަނީ ސުރްޖަސިކާ ދާސް
ސުރްޖަސިކާ ދާސް އަދި ކާޖޮލް - ފޮޓޯ: ގޫގަލް

2026 ޖެނުއަރީ 07 ވާ ބުދަދުވަހުގެ ރޭ ރިލީޒްކުރާ ދިވެހި ފިލްމު “ޕަރީ”ގެ ރިލީޒިންގައި ބައިވެރިވާން ބޮލީވުޑުން އަންނަނީ ސުރްޖަސިކާ ދާސް ކަމަށް “ޕަރީ” ފިލްމު އުފެއްދި ސީޒަން އަލީ ޕްރޮޑަކްޝަންސް އިން ހާމަކޮށްފި އެވެ.

މި ދިޔަ އަހަރު ބޮލީވުޑްގައި ރިލީޒްކުރި ފިލްމު “މާ” ގައި މަޝްހޫރު އެކްޓްރެސް ކާޖޮލްގެ އިތުރުން އެ ފިލްމުގައި ސުރްޖަސިކާ ދެއްކި އެކްޓިން ގިނަ ބަޔަކަށް ކަމުދިޔަ އެވެ.

އިންޑިއާގެ އައްސާމް ސްޓޭޓަށް ނިސްބަތްވާ ސުރްޖަސިކާ ވަނީ ބައެއް ޑްރާމާ ސީރީޒްތަކުގެ ރޯލުތަައް ކުޅެފައެވެ. މީގެ އިތުރުން ކުރު ފިލްމް އިއްތިފާގްގެ ރޯލެއް ވެސް އޭނާ ކުޅެފަ އެވެ.

އެސް ޕްރޮޑަކްޝަންގެ ފަރާތުން ގެނެސްދޭ “ޕަރީ” ގެ މައިގަނޑު ވާހަކައިން ދައްކުވައިދެނީ ސްރީ ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާއަކަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެކެވެ.

ފިލްމު “ޕަރީ” ގެ ޓިކެޓް މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން އޮލިމްމަހުން ގެންދަނީ ވިއްކަމުންނެވެ. ޓިކެޓު ގަތުމަށް 9331242 ނަންބަރަށް ގުޅުމަށް ވަނީ އެދިފަ އެވެ.

ސީޒަންގެ އިތުރުން އަހުމަދު އަހުސަން ޕްރޮޑިއުސްކޮށްފައިވާ “ޕަރީ” ފިލްމުގެ މައިގަނޑު ރޯލުތަކުން ފެންނާނީ މަރްޔަމް ލަމްސާ ލަތީފް (ޕަރީ)، އާއި އައިޝަތު ރިޝްމީ، ސީޒަން، ޖުމައްޔިލް ނިމާލް އަދި ޝީލާ ނަޖީބް އެވެ.

ބައިނަލްއަޤުވާމީ މިންގަނޑަށް ފެތޭ ފެންވަރަކަށް ގެނެސްދިނުމަށް ވަރަށް ބޮޑު އިސްކަމެއްދޭ “ޕަރީ” ފިލްމަކީ ދިވެހި ފިލްމީ ތާރީޚުގައިވެސް، ދިވެހި ފިލްމެއްގެ ވީއެފްއެކްސް އާއި ސައުންޑް އިންޑިއާގެ ޕްރޮފެޝަނަލް ސްޓޫޑިއޯއެއްގައި ކުރިއަށް ގެންދިޔަ ފުރަތަމަ ފިލްމެވެ. އަދި މި ފިލްމުގެ ވީއެފްއެސް މަސައްކަތް ކޮށްފައިވަނީ ބަނގްލަދޭޝް އަދި ސްރީލަންކާގެ ވީއެފްއެސް ދެ ސްޓޫޑިއޯކުންނެވެ.

7.1 ސައުންޑާ އާއި ވީއެފްއެކްސްގެ ފުރިހަމަ މަސައްކަތާއެކު ފިލްމު ސިނަމާއިން ބަލާލާއިރު، ބިރުވެރިކަން ބެލުންތެރިޔާގެ ވަށައިގެން ހިނގާ ކަންތައްތަކެއްހެން ހީވާ ފެންވަރަކަށް ފެނިގެންދާނެކަމަށް “ޕަރީ” ގެ ޓީމުން ބުނެއެވެ.

2
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top