ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕޮލިހާއި އިމިގްރޭޝަން ފެށީ މޮޅަކުން
ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން ފޭސްބުކް ޕޭޖް

އިންޓަރ އޮފީސް ވޮލީބޯލް ޗެންޕިއަންޝިޕް ވިމެންސް ޑިވިޝަންގެ ފުރަތަމަ ދެ މެޗް މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސް ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗް މޯލްޑިވްސް އެއާރޕޯރޓްސް ކޮންޕެނީއާ ވާދަކޮށް މޯލްޑިވްސް އިމިގްރޭޝަން މޮޅުވީ ސީދާ ތިން ސެޓުންނެވެ. މެޗްގެ ފުރަތަމަ ސެޓް ނިންމަން އެއާރޕޯރޓްސްއަށް ފުރުސަތު ލިބުނުއިރު އިމިގްރޭޝަން އޮތީ ވިހި ޕޮއިންޓްގައެވެ. ފަސޭހަކަމާއެކު އެއާރޕޯރޓްސް ސެޓް ގެންދާނެކަމަށް ބެލެވުނު ނަމަވެސް، ފަހަތުން އަރައި 24-26 އިން ސެޓް ގެންދިޔައީ އިމިގްރޭޝަނުންނެވެ. މިމެޗްގައި ފެނުނު އެންމެ ފޯރިގަދަ ސެޓަކީ ދެވަނަ ސެޓެވެ. ސެޓް ހޯދުމުގެ ފުރުސަތު ދެޓީމަށް ވެސް ފަހިވި މިސެޓް އިމިގްރޭޝަނުން ހޯދީ 28-30 އިންނެވެ. ކުރިން ދެސެޓްގައި ދެއްކި މޮޅު ކުޅުން ތިންވަނަ ސެޓްގައި އެއާރޕޯޓްސް އަކަށް ނުދެއްކުނެވެ. މިސެޓް އިމިގްރޭޝަނުން ހޯދީ 17-25 އިންނެވެ. މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ އިމިގްރޭޝަންގެ އާމިނަތު އަފާފް ނިޒާމް އެވެ.

މުބާރާތުގެ ދެވަނަ މެޗްގައި ވާދަކުރީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ ( އެމްޓީސީސީ) އާއި މޯލްޑިވްސް ޕޮލިސް ސާވިސްއެވެ. ވާދަވެރި ކުޅުމެއް ފެނުނު މިމެޗް ޕޮލިސް ސާވިސް ކާމިޔާބުކުރީ 1 ސެޓް 3 ސެޓުންނެވެ. ފުރަތަމަ ސެޓް 25-23 އިން ޕޮލިސް ކާމިޔާބުކުރިއިރު، ދެވަނަ ސެޓް 22-25 އިން ކާމިޔާބުކުރީ އެމްޓީސީއެވެ. 22-25 އިން ތިންވަނަ ސެޓް ހޯދި ޕޮލިސް ސާވިސްގެ ކުޅުން ހަތަރު ވަނަ ސެޓްގައި ފެނުނީ މާ ވަރުގަދަ ކޮށެވެ. މެޗް ނިންމަން ޕޮލިސް ސާވިސްއަށް ފުރުސަތު ލިބުނު މިސެޓް އެޓީމް ހޯދީ 17-25 އިންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ސާވިސްގެ އާމިނަތު އަރީޝާއެވެ.

ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން ފޭސްބުކް ޕޭޖް

މިމުބާރާތުގެ ދެމެޗް މިއަދު ވެސް އޮންނާނެއެވެ. 16:00 ގައި ފަށާ މެޗްގައި ބައްދަލުކުރާނީ ފެނަކަ ކޯޕަރޭޝަން އާއި މިނިސްޓްރީ އޮފް ހެލްތުއެވެ. 20:15 ގައި ފަށާ މެޗްގައި ބައްދަލުކުރާނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް އިމިގްރޭޝަންއެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top