ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބާރްތީ ސިންގގެ ދެވަނަ ދަރިފުޅު “ކާޖޫ” އާއެކު ފުރަތަމަ ފޮޓޯ އާންމުކޮށްފި
ބާރްތީގެ ދެ ދަރިން އަދި ފިރިމީހާ - ފޮޓޯ: ބާރްތީގެ އިންސްޓަގްރާމުން

ބާރްތީ ސިންގ އާއި ހާރްޝް ލިމްބާޗިޔާ އެމީހުންގެ ދެވަނަ ދަރިފުޅު “ކާޖޫ” އާއެކު ފުރަތަމަ ފޮޓޯ އާންމުކޮށްފިއެވެ. މި ފޮޓޯ އާންމުކުރީ ލޯރީ ފާހަގަކުރުމަށް ބޭއްވި މުނާސަބުތައެވެ.

މި މަޝްހޫރު ޖޯޑަށް ދެވަނަ ފިރިހެން ކުއްޖަކު ލިބުނީ 2025 ޑިސެމްބަރު މަހު އެވެ. ބާރްތީ އާއި ހާރްޝް މިހާރު އުޅެނީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. ލޯރީ އާއި މަަކަރް ސަންކްރާންތީގެ މުނާސަބަތުގައި އެމީހުން ވަނީ ދަރިފުޅުގެ ފުރަތަމަ ފެނިލުން ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ދަރިފުޅު ވިހެއީ 2025 ޑިސެމްބަރު 19 ގައެވެ. އޭނާ ވިހަންވެގެން ހޮސްޕިޓަލަށް ގެންދިޔައީ “ލާފްޓާ ޝެފްސް” ޝޯގެ އެޕިސޯޑެއް ޝޫޓްކުރަން އުޅެނިކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ. ބާރްތީގެ ދޮށީ ފިރިހެން ކުއްޖެއް ވެސް ހުރެއެވެ. އެއީ 2022 އޭޕްރީލްގައި އުފަންވި ލަކްޝް އެވެ.

މި ޖޯޑު ވަނީ ތިންވަނަ ކުއްޖަކު ހޯދުމާ ބެހޭގޮތުން ވެސް ސަމާސާ ރޫހެއްގައި ވާހަކަދައްކާފައެވެ. ސޮނާލީ ބެންދްރޭގެ ޕޮޑްކާސްޓެއްގައި ހާރްޝް ބުނީ އޭނާގެ ނަސީބު ނަންބަރަކީ ތިނެއް ކަމަށްވާތީ ތިންވަނަ ކުއްޖަކު ހޯދަން ބޭނުންވާ ކަމަށެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top