ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އެ އަޑު – ފުރަތަމަ ބައި

ޒާރާގެ މާޒީ

ޒާރާގެ އެޕާޓްމަންޓުން ފެންނަނީ ހަމަހިމޭން އަދި އަމާން މާހައުލެކެވެ. ގޭތެރެއިން ދުވާ މީރުވަހާއި، މިއުޒިކީ ރާގުގެ އަޑުން އެ އެޕާޓްމަންޓަށް ހިތްހަމަޖެހުން ގެނެސްދެއެވެ. ބޭރުން އިވިގެންދާ ހަމަހިމޭން ރާގަކީ ޒާރާއަށް އެންމެ ކަމުދާ އެއްއަޑެވެ.

ސިޓިންގ ރޫމުގައި ހުރި ފޮށްޓަށް ޒާރާގެ ނަޒަރު ހުއްޓުމާއެކު، އޭނާގެ ހިތަށް މާޔޫސްކަން ވެރިވިއެވެ. އެ ފޮށްޓަކީ އޭނާގެ މާޒީގެ ހިތްދަތި ހަނދާންތަކާއި، އޭނާއާ ދިމާއަށް އުފުލުނު ބާރު އަޑުތަކާއި، ހޯލްވޭ ތެރެއިން އިވުނު ބިރުވެރި ފިޔަވަޅުތަކުގެ ހަނދާންތައް އާކޮށްދޭ އެއްޗެކެވެ.

ޒާރާ މަޑުމަޑުން އެ ފޮށްޓާ ގާތްވެ، ފުން ނޭވާއެއް ލުމަށްފަހު ފޮށި ހުޅުވާލިއެވެ. އޭގެ ތެރެއިން ސްވެޓަރަކާއި ޖިންސެއް ނެގިއެވެ. އެއީ މީގެ ފަސް އަހަރު ކުރިން، އޭނާ އެ ގެއިން ނިކުމެގެން ދިޔަ ދުވަހު ލައިގެން ހުރި ހެދުމެވެ. އެ ދުވަހުގެ ހިތްދަތި ހަނދާންތައް މިއަދުވެސް ޒާރާގެ ހިތުން ފިލައިގެނެއްނުދެއެވެ.

ގަޑިއެއްހާއިރު ފަހެވެ. ޒާރާ އޮފީހަށް ދިއުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވާންފެށިއެވެ. ފެންވެރުމަށްޓަކައި ފާހާނައަށް ވަނުމަށްފަހު ލައިޓު ދިއްލާލުމަށްފަހު، ލޯގަނޑު ކުރިމަތީގައި މަޑުކޮށްލުމަށްފަހު، ލޯމަރާލިއެވެ. އެވަގުތު އޭނާގެ ހަނދާނަށް އައީ މީގެކުރިން ޒާރާގެ ކުރީގެ ފިރިމީހާ އޭނާއަށް ލިބޭ ކޮންމެ ހަމަހިމޭން ވަގުތުކޮޅެއްގައި ކޮށްފައިވާ އުނދަގޫތަކުގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ހަޔާތުން ވަގުތުތަކެއް ގެއްލިގެން ދިޔަ ގޮތެވެ.

ޒާރާ މަޑުމަޑުން ލޯހުޅުވާލިއެވެ. އޭރު މީގެ 5 އަހަރުކުރިން އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ނިޝާންތައް ހަށިގަނޑުން ފެންނަން ފެށިއެވެ. އެމަންޒަރު ފެނުމުން އޭނާ ހިތަށްއެރިއެވެ. “ބައެއް ނިޝާންތަކަކީ ފަސޭހައިން ދާކަހަލަ ނިޝާންތަކެއް ނޫނެވެ.”

އިރުކޮޅެއް ފަހެވެ. ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ އެގޭގައި ހަރުކޮށްފައިވާ “އެލެކްސާ” އިން އޮފީހަށް ދާން ގަޑިޖެހެނީ ކަމަށް ބުނެ އިންޒާރުދޭން ފެށިއެވެ. އެއާއެކު އޭނާގެ ޚިޔާލީ ދުނިޔެއިން ބޭރުވެ، އަވަސް އަވަހަށް ފެންވަރައިގެން ނިކުތެވެ. އެއަށްފަހު އޮތް އެންމެ ޒަމާނީ ފެންވަރުގެ ހެދުން ލައިގެން ތައްޔާރުވިއެވެ. އޮފީހަށް ދިޔުމަށްޓަކައި ގޭގެ ދޮރުހުޅުވާލި ވަގުތު، ކުރިމަތިން ފެނުނު ހިތްގައިމު މަންޒަރާއެކު އޭނާ ހުރި ފިޔަވަޅުމަތީގައި ގަނޑުވި ކަހަލައެވެ.

ޒާރާގެ ހަޔާތުގެ ބޮޑުބައެއް ހޭދަވެގެންދިޔައީ އެހެން މީހުންގެ ނުފޫޒާއި ބާރުގެ ދަށުގައެވެ. ނަމަވެސް މިހާރު ޒާރާއަކީ އަމިއްލަ ކުންފުންޏެއްގެ ސީ.އީ.އޯއެވެ. އުމުރުން 29 އަހަރުގެ ޒާރާއަކީ ކަޅުކަން ގަދަ އިސްތަށިގަނޑެއް ލިބިފައިވާ، ހިތްގައިމު ބުރުސޫރައެއް ލިބިފައިވާ ޒުވާން ރީތި އަންހެން ކުއްޖެކެވެ.

ޒަމާނީ ފެޝަނަށް ލޯބިކުރާ، އަމިއްލަ ހިތްވަރުން ދިރިއުޅުން އާރާސްތުކުރި މި ހިތްވަރުގަދަ އަންހެން ކުއްޖާއަށް، ކުރިން ދުވަހަކުވެސް އިހުސާސްނުވާ ފަދަ އާދަޔާޚިލާފު ގޮތްތަކެއް މޭމައްޗަށް ވާންފެށިއެވެ. އޭނާގެ ހިތުގެ ތެޅުމުގެ އަޑު މުޅި ފަޒާގައި ގުގުމަމުންދާ ފަދަ އިހުސާސެއް ކުރެވެމުންދިޔައެވެ.

އޭގެ ފަސްމިނެޓުފަހެވެ. އެގޭގެ އެހީތެރިޔާ މަރްޔަމް އެގޭގެ ދޮރުހުޅުވާލުމަށްފަހު އެ ތިންބަފައިންގެ ގާތަށް ދިޔަތަން އޭނާއަށް ފެނުނެވެ. މަރްޔަމް އައިސް ލާރާ އާއި ލަޔަލްއަށް ހެނދުނުގެ ނާސްތާ ތައްޔާރުވެފައިވާ ކަމަށް ބުނެ، އެ ދެކުދިން ގޮވައިގެން ކާގެއާ ދިމާއަށް ހިނގައިގަތެވެ. މަރްޔަމް ކުދިން ގޮވައިގެން އެތެރެއަށް ވަނުމުން، އަޒީލް ހަމަނޭވާއެއް ލިއެވެ. އޭނާގެ ވާތް ފަރާތަށް އެނބުރިލި ވަގުތު ޒާރާ އެމަންޒަރު ބަލަން ހުރިތަން އޭނާއަށް ފެނުނެވެ. ޒާރާ ސިހިގެން ދިޔަ ކަހަލައެވެ. އަޒީލް ޒާރާއާ ދިމާއަށް ދިޔައެވެ. އެވަގުތު ޒާރާގެ ހަށިގަނޑަށް އަރަމުންދިޔަ ތުރުތުރު އަޒީލްއަށް ފާހަގަކުރެވުނެވެ.

ވަރުބަލިކަމާއި ހަމަޖެހުން އެކުލެވިގެންވާ ރާގަކަށް ޒާރާ ގާތުގައި ހުއްޓިލަމުން އަޒީލް ބުންޏެވެ. ” ބާއްޖަވެރި ހެނދުނަކަށް އެދެން! އަޑުގަދަވީތީ ވަރަށް ބޮޑަށް މާފުކުރައްވާ! މި އާ މާހައުލަށް ރަނގަޅަށް ހޭނި ނުލެވިގެން މިއުޅެނީ.” އަޒީލްގެ ވާހަކަތަކުން ޒާރާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

“އެއީ އެއްވެސް މައްސަލައެއް ނޫން،” ޒާރާ ބުންޏެވެ. އޭނާ އިތުރު އެއްޗެއް ބުނަން އުޅެނިކޮށް، ދެމީހުންގެ ފޯނު އެއްވަގުތެއްގައި ރިންގުވާން ފެށިއެވެ. އެއީ ވަޒީފާއަށް ދާންޖެހޭ ވަގުތު ޖެހުނުކަން ހަނދާންކޮށްދިން ވަގުތެވެ.

އޭރު ދެމީހުންގެ މަންޒިލަކީ އެއްމަންޒިލެއް ކަމެއް އޭގެން އެކަކަށްވެސް އެނގިފައެއް ނުވެއެވެ. އަދި ހަމައެއާއެކު ޒާރާ އަކީ އަޒީލްގެ ވެރިޔާކަމާއި، އަޒީލް ވަޒީފާ އަދާކުރަމުންދަނީ ޒާރާގެ ކުންފުނީގައިކަންވެސް އެ ދެމީހުންނަށް އޮތީ ނޭނގިއެވެ.

ނުނިމޭ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top