ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނިއުރޭޑިއަންޓު ބަލިކޮށް ހުޅުމާލޭ ވެޓަރަންސް ފައިނަލަށް
ފޮޓޯ: ނައުޝަމް ވަޙީދު / އިމޭޖަސް.އެމްވީ

މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓެރަންސް ކަޕް 2026 ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ހުޅުމާލޭ ވެޓަރަންސް ހޯދައިފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ ނިއުރޭޑިއަންޓާއި ހުޅުމާލޭ ވެޓަރަންސްއެވެ. މި މެޗް ހުޅުމާލޭ ވެޓަރަންސް ކާމިޔާބުކުރީ 3-1 އިންނެވެ.

މެޗުގެ ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ހުޅުމާލޭ ވެޓަރަންސްއަށް ޖަހައިދިނީ އަލީ ވިޝާލްއެވެ. ފުރަތަމަ ލަނޑު ޖެހިތާ މާގިނަ އިރެއްނުވެ ހުޅުމާލޭ ވެޓަރަންސްއިން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިފައެވެ. 27 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން އަލީ ވިޝާލްއެވެ.

ފޮޓޯ: ނައުޝަމް ވަޙީދު / އިމޭޖަސް.އެމްވީ

ލަނޑު ޖަހާނެ ފުރުސަތު ނިއުރޭޑިއަންޓަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފުގައި ވެސް ނިއުރޭޑިއަންޓަށްވުރެ ރަނގަޅަށް ކުޅުނީ ހުޅުމާލޭ ވެޓަރަންސްއެވެ. ހުޅުމާލޭ ވެޓަރަންސްއިން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ 42 ވަނަ މިނެޓުގައި މުހައްމަދު ޒިޔާދެވެ. ނިއުރޭޑިއަންޓުން އެ ޓީމުގެ ލަނޑު ޖެހީ ފަހު ހާފުގެ ފަހުކޮޅު، 56 މިނިޓްގައި އިސްމާއިލް އަނިލްއެވެ.

މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ 16 މާރިޗު 2026 ދުވަހު ހަވީރުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top