ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކެންސަރު ޖެހުން ހުއްޓުވާ ޔުނިވާސަލް ވެކްސިނެއް!
ސައިންސް ޑެއިލީ

ޔޫމާސް އެމްހާސްޓް ޔުނިވާސިޓީގެ ސައިންސްވެރިން ތައްޔާރުކުރި އައު ކެންސަރު ވެކްސިނަކުން މީދަލުގައި ތަޖުރިބާކޮށް ފާހަގަކޮށްލެވޭ ނަތީޖާތަކެއް ހޯދައިފިއެވެ.

މި ވެކްސިން ތައްޔާރުކޮށްފައިވަނީ ނެނޯޕާޓިކަލް ޕްލެޓްފޯމަކާއި “ސޫޕާ އެޖުވަންޓް” އެއް ބޭނުންކޮށްގެންނެވެ. މި ޓެކްނޮލޮޖީ މެދުވެރިކޮށް ހަށިގަނޑުގެ ދިފާއީ ނިޒާމު ތަމްރީނުކޮށް، ކެންސަރު ސެލްތައް ފެތުރުމުގެ ކުރިން ދެނެގަނެ ނައްތާލުމުގެ ގާބިލުކަން ލިއްބައިދެއެވެ. މެލަނޯމާ، ޕެންކްރިއެޓިކް ކެންސަރު އަދި ޓްރިޕަލް ނެގެޓިވް ބްރެސްޓް ކެންސަރު ފަދަ ނުރައްކާތެރި ކެންސަރުތަކާ ދެކޮޅަށް މި ވެކްސިން ވަނީ ކާމިޔާބު ނަތީޖާ ދައްކާފައެވެ.

ވެކްސިން ދިން މީދަލުގެ ތެރެއިން 88 ޕަސެންޓާ ހަމައަށް މީދާ އެއްވެސް ޓިއުމަރެއް ނުއުފެދި ސަލާމަތުން ތިބިކަން ތަޖުރިބާތަކުން ދައްކައެވެ. އެއަށްވުރެ ފާހަގަކޮށްލެވޭ ކަމަކީ ދިގު މުއްދަތުގެ ދިފާއީ ހަނދާނެއް (އިމިއުން މެމޮރީ) އުފެދުމުގެ ސަބަބުން މި ރައްކާތެރިކަން ދެމިގެންދާ ކަމެވެ.

ސައިންސްވެރިން ސިފަކުރާ ގޮތުގައި މި ހޯދުމަކީ ކެންސަރަށް ފަރުވާ ކުރުމުގެ އިތުރުން ކެންސަރު ޖެހުން ހުއްޓުވާ ޔުނިވާސަލް ވެކްސިނެއް އުފެއްދުމުގެ ފެށުމަކަށް ވެދާނެ ކަމެކެވެ.

ނޯޓް
މަސްދަރު: ސައިންސް ޑެއިލީ
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top