ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޮފީސް ލީގު ތިންވަނަ ރޭ ތަފާތު ރެޔެއް
އޮފީސް ލީގް އެފްބީ

ބިގްގޭމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ އޮފީސްލީގު ފުޓްސަލް މުބާރާތް “އޮފީސްލީގު 2026” ގެ ތިންވަނަ ރޭގެ ކުޅުން ނިމިއްޖެއެވެ. ތިންވަނަ ރޭ ކުޅެފައިވަނީ މުބާރާތުގެ 9،10،11،12 ވަނަ މެޗެވެ.

ތިން ވަނަ ރޭ ކުޅެވުނު މެޗްތަކާއި ނަތީޖާ:

މެޗް 9 ގުރޫޕް އޭ
ކުލަބް މާލެ ސިޓީ 1 – 23 ސްޓެލްކޯ
ތިންވަނަ ރޭގެ ފުރަތަމަ މެޗްގައި ވެގެންދިޔައީ މުބާރާތުގައި ޓީމެއް ހޯދި އެންމެ ތަފާތުބޮޑު މޮޅަށެވެ. ކުލަބް މާލެސިޓީ ކޮޅަށް ސްޓެލްކޯއިން 23 ލަނޑު ޖެހީ ފަސޭހަކަމާއިއެކުއެވެ. މިމެޗުން ހޯދި މޮޅާއިއެކު ސްޓެލްކޯ ވަނީ ކުޅުނު ދެމެޗުން ވެސް މޮޅުވެފައެވެ.

ލަނޑު ޖެހި ކުޅުންތެރިން:
މުޙައްމަދު ސިރުހާން ( ސްޓެލްކޯ ) 2 ލަނޑު
ސުވައިދު ސައީދު ( ސްޓެލްކޯ ) 1 ލަނޑު
އިބްރާހީމް ރިމާހް ( ސްޓެލްކޯ ) 2 ލަނޑު
މުއާޒް އަލީ ( ސްޓެލްކޯ ) 2 ލަނޑު
މުޙައްމަދު އައްފާން ( ސްޓެލްކޯ ) 4 ލަނޑު
އަހްމަދު ނައުފަލް ( ސްޓެލްކޯ ) 2 ލަނޑު
އަލީ ސަމީރު ( ސްޓެލްކޯ ) 1 ލަނޑު
ހުސެއިން ޒަޔާން ( ސްޓެލްކޯ ) 3 ލަނޑު
އަބްދުﷲ ފަހުމީ ( ސްޓެލްކޯ ) 3 ލަނޑު
މުޙައްމަދު ސަމާހް ( ސްޓެލްކޯ ) 2 ލަނޑު
ހާރޫން އިބްރާހީމް ( ސްޓެލްކޯ ) 1 ލަނޑު
މުޙައްމަދު އަޒީޒް ( މާލެސިޓީ ) 1 ލަނޑު
މެޗްގެ މޮޅު ކުޅުންތެރިޔާ: މުޙައްމަދު އައްފާން ( ސްޓެލްކޯ )

މެޗް 10 ގުރޫޕް އޭ
ކުލަބް ހައްޖު 0 – 5 މިފްކޯ
ތިންވަނަ ރޭގެ ދެވަނަ މެޗް ވެސް ވެގެން ދިޔައީ ނަތީޖާ ތަފާތު މެޗަކަށެވެ. މުބާރާތުގެ ފުރަތަމަ މެޗުން ބަލިވި މިފްކޯ މިމެޗުން ހޯދި މޮޅާއިއެކު މިވަނީ ގުރޫޕްގެ ދެވަނައަށް ޖެހިލައިފައެވެ.

ލަނޑު ޖެހި ކުޅުންތެރިން:
މުޙައްމަދު ރިފްޝާން ( މިފްކޯ ) 2 ލަނޑު
އިބްރާހީމް އަޔާން ( މިފްކޯ ) 1 ލަނޑު
އަލީ އަބްދުލްރަހްމާން ( މިފްކޯ ) 1 ލަނޑު
ސަމްވީލް މުޙައްމަދު ( ކުލަބް ހައްޖު ) 1 ލަނޑު ( ބައިކޮޅަށް )
މެޗްގެ މޮޅު ކުޅުންތެރިޔާ: މުޙައްމަދު ރިފްޝާން ( މިފްކޯ )

މެޗް 11 ގުރޫޕް ބީ
އެމްއައިބީ 6 – 0 ކުލަބް ސިޓީސް މިނިސްޓްރީ
ތިންވަނަ ރޭގެ ތިންވަނަ މެޗަކީ ވެސް ކުރީ ދެ މެޗެކޭ އެއްގޮތަށް އެއްކޮޅަށް ނަތީޖާ ބޮޑުކޮށް ބުރަވި މެޗެކެވެ. ފުރަތަމަ މެޗުގައި އެއްޕޮއިންޓުން ފުއްދާލަން ޖެހުނު ނަމަވެސް، މިމެޗުން އެމްއައިބީ މޮޅުވީ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ލަނޑު ޖެހި ކުޅުންތެރިން:
މުޙައްމަދު ނާއިސް ( އެމްއައިބީ ) 3 ލަނޑު
އިމްދާދް އިބްރާހީމް ( އެމްއައިބީ ) 2 ލަނޑު
އަހްމަދު މައާޝް ( އެމްއައިބީ ) 1 ލަނޑު
މެޗްގެ މޮޅު ކުޅުންތެރިޔާ: މުޙައްމަދު ނާއިސް ( އެމްއައިބީ )

މެޗް 12 ގުރޫޕް ބީ
އެމްޓީސީސީ 2 – 3 ބިޒްނަސް ސެންޓަރ ކޯޕަރޭޝަން
ތިންވަނަ ރޭގެ އެންމެ ފޯރިގަދަ މެޗަކީ ހަތަރުވަނަ މެޗެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއިން ތިން ލަނޑު ޖެހި ފަހުން، ފަހަތުން އަރައި އެމްޓީސީސީން ވަނީ ދެ ލަނޑު ޖަހައިފައެވެ.
ލަނޑު ޖެހި ކުޅުންތެރިން:
އަޔާން ހަސަން ޝަރީފް ( ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ) 1 ލަނޑު
އިސްމާއިލް ލުބައިން ( ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ) 1 ލަނޑު
ސާމީ އަބްދުލް ރަހްމާނު ( ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ) 1 ލަނޑު
ހުސެއިން ޝަރީފް ( އެމްޓީސީސީ ) 1 ލަނޑު
އުނެއިޝް އަހްމަދު ( އެމްޓީސީސީ ) 1 ލަނޑު
މެޗްގެ މޮޅު ކުޅުންތެރިޔާ: އަޔާން ހަސަން ޝަރީފް ( ބިޒްނަސް ސެންޓާ ކޯޕަރޭޝަން )

މިމުބާރާތުގެ 4 މެޗް މިރޭ ވެސް ކުޅުމަށްވަނީ ހަމަޖެހިފައެވެ.
މެޗް 1 : އެސްޓީއޯ – ކަސްޓަމްސް ރެކްރިއޭޝަން
މެޗް 2 : ސްމާރޓް އޯން – ރައީސް އޮފީސް
މެޗް 3 : ޕޮލިސް ކުލަބް – ފަހި ރެކްރިއޭޝަން ކުލަބް
މެޗް 4 : މެޑްޓެކް – ކުލަބް އާސަންދަ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top