ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސްޕައިކާރސް ޗެމްޕިއަންކަން ހޯދައިފި
މުބާރާތުގެ ޗެމްޕިއަން ޓީމް ސްޕައިކާރސް / ފޮޓޯ: ޢަބްދުﷲ ޒިޔާދު

އދ. މަހިބަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި “މަހިބަދޫ ތާރޑް ޔޫތު ވޮލީބޯލް ކަޕް 2026” ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އެންމެ ފަހުގެ ޗެމްޕިއަން ކާލާމަންނަ ބަލިކޮށް ސްޕައިކާރސް ހޯދައިފިއެވެ. ރޭ ކުޅެވުނު މި މެޗަށް ބަލާލާއިރު ދެ ޓީމުގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ.

ގުރޫޕް ސްޓޭޖްގައި މި ދެ ޓީމު ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ސްޕައިކާރސް ކާމިޔާބުކުރި ނަމަވެސް، އެ މެޗުގައި ހެދުނު މިސްޓޭކްތައް ރަނގަޅުކޮށް، ކާލާމަންނައިން ވަނީ މި މެޗުގައި ވަރުގަދަ ވާދައެއް ކޮށްފައެވެ.

ދެވަނަ ފަހަރަށް ކާލާމަންނަ ބަލިކޮށް ތަށި ހޯދުމަށް ނުކުތް ސްޕައިކާރސްއިން މި މެޗުގެ ފުރަތަމަ ސެޓްގައި މޮޅު ކުޅުމެއް ދެއްކިއިރު، ކާލާމަންނައަށް މި ސެޓްގެ ކުރީކޮޅު އެންމެ ރަނގަޅު ކުޅުން ނުދެއްކުނު ނަމަވެސް، ސެޓްގެ ފަހުކޮޅު ކުޅުން ރަނގަޅުކޮށް ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ސްޕައިކާރސްގެ ޕައި، ކާލާމަންނަ ކޯޓުގެ ފަހަތަށް ވައްޓާލި ބޯޅައާއެކު މި ސެޓް ސްޕައިކާރސް ކާމިޔާބުކުރީ 25-19 އިންނެވެ.

ދެވަނަ ސެޓް ފަށައިގެން މޮޅަށް ކުޅުނީ ކާލާމަންނަ އެވެ. ލީޑުގައި އޮވެ ކުޅެމުންދިޔަ ކާލާމަންނަގެ ކާފިއުގެ ބާރު ޝޮޓްތައް ހުއްޓުވުމުގައި ސްޕައިކާރސްއަށް މި ސެޓްގައި މާބޮޑު ކާމިޔާބެއް ނުހޯދުނެވެ. ބޮޑު ލީޑެއްގައި އޮވެ ކުޅެމުންދިޔަ ކާލާމަންނަ މި ސެޓް ކާމިޔާބުކުރީ 25-19 އިންނެވެ.

ދެ ޓީމަށް ދެ ސެޓް ލިބުމާއިއެކު ތިންވަނަ ސެޓް ވެގެން ދިޔައީ ފޯރިގަދަ ސެޓަކަށެވެ. މި ސެޓްގައި ސްޕައިކާރސްއިން ވަނީ ފުރަތަމަ ސެޓްގައި ދެއްކި މޮޅު ކުޅުން ތަކުރާރުކޮށްފައެވެ. ސެޓްގެ ކުރީކޮޅު ލީޑު ނަގައި އެ ލީޑު ފުޅާ ވެސް ކުރިއެވެ. މި ސެޓް ސްޕައިކާރސް ކާމިޔާބު ކުރީ 18-25 އިންނެވެ.

މިވެސް ކިޔާލަން:  "ތާރަކް މެހެތާކާ އުލްޓާ ޗަޝްމާ"ގެ ޓީމާ މޯދީ ބައްދަލު ކުރައްވައިފި

ތިންވަނަ ސެޓް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދަން ނުކުތް ސްޕައިކާރސްއަށް މި ސެޓްގައި އެ ޓީމުގެ މޮޅު ކުޅުން ދެއްކޭ ގޮތެއް ނުވިއެވެ. މި ސެޓް ލީޑުކުރީ ކާލާމަންނަ އެވެ. މެޗުން މޮޅުވުމަށްޓަކައި މި ސެޓް ހޯދަން މަޖުބޫރުވެފައި އޮތް ކާލާމަންނައިން ވަނީ މި ސެޓްގައި މޮޅު ކުޅުމެއް ދައްކާފައެވެ. ސެޓް ފެށީއްސުރެ ލީޑުގައި އޮވެ ކުޅެމުންދިޔަ ކާލާމަންނަ މި ސެޓް ކާމިޔާބުކުރީ 17-25 އިންނެވެ.

މުބާރާތުގެ އެންމެ ގަދަ 6 ކުޅުންތެރިން / ފޮޓޯ: ޢަބްދުﷲ ޒިޔާދު

ދެ ޓީމަށް ދެ ސެޓް ލިބުމާއިއެކު މެޗުގެ ފޯރި ވަނީ އިތުރަށް ގަދަވެފައެވެ. ތިންވަނަ ފަހަރަށް ތަށި ހޯދުމަށް ކާލާމަންނައިން މަސައްކަތް ކުރިއިރު، ސްޕައިކާރސްއިން ވަނީ އެ ޓީމުގެ ފުރަތަމަ ފައިނަލް ކާމިޔާބު ކުރުމަށްޓަކައި އިތުރު ހިތްވަރެއް ކޮށްފައެވެ. ސެޓް ފަށައިގެން ކާލާމަންނައިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް، މަޑުމަޑުން ކުޅުން ރަނގަޅުކޮށް ސްޕައިކާރސް ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. އަދި 7-7 އިން ނަތީޖާ ހަމަހަމަ ކުރިއެވެ. ފަހަތުން އަރައި ލީޑު ނެގި ސްޕައިކާރސް މި ސެޓް ކާމިޔާބު ކުރީ 15-7 އިންނެވެ.

3 ސެޓް 2 ސެޓުން މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ސްޕައިކާރސް ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޕައިކާރސް ވިޕަޑަ މިންގުވަން (ޕައި) އެވެ.

މި ޑިވިޝަންގެ އެހެނިހެން މަގާމުތަކަށް ބަލާލާއިރު މި ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސްޕައިކާރސްގެ ވިޕަޑަ މިންގުވަން (ޕައި) އެވެ. މި ޑިވިޝަންގެ އެންމެ މޮޅު ލިބަރޯގެ މަގާމް ހޯދީ ސްޕައިކާރސްގެ ސުއާ ސައީދު އެވެ. މި ޑިވިޝަންގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ސްޕައިކާރސް ވިޕަޑަ މިންގުވަން (ޕައި) އެވެ. މި ޑިވިޝަންގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ކާލާމަންނަގެ އަމްޕާ ސޮންސުރަޓް (ކާފިއު)، ސްޕައިކާރސް ވިޕަޑަ މިންގުވަން (ޕައި)، ޗެލެންޖާރސްގެ މަރިޔަމް އާމިރު، ސްޕައިކާރސްގެ ފާތިމަތު ސާރަތު، ކާލާމަންނަގެ ޝައުފާ އާދަމް، ސްޕައިކާރސްގެ ފަރުހާނާ އަލީ އެވެ. މި ޑިވިޝަންގެ އެންމެ މޮޅު ކޯޗަކީ ސްޕައިކާރސްގެ ހަސަން ސިޔާމް އެވެ.

މިވެސް ކިޔާލަން:  ޓައިގަރ 3 ގެ ޚާއްޞަ މަންޒަރެއްގައި ސަލްމާން ޚާންއާ އެކު ޝާހްރުކް ޚާން
3
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top