ކިތަންމެ ރީތިކޮށް ސާފުކުރި ނަމަވެސް، ދުވަސްވުމުން ސްޓެއިންލެސް ސްޓީލް ތަވާތަކުގެ ކުލަ ބަދަލުވެ ތިކިތައް ޖަހަނީ ކީއްވެގެން ހެއްޔެވެ؟ ސްޓެއިންލެސް ސްޓީލް ކައްކާ ސާމާނަކީ ގިނަ ދުވަހަށް ހުންނަ، ދަބަރު ނުޖަހާ އެއްޗެހި ކަމަށްވާއިރު، އެލުމިނިއަމް ނުވަތަ ކާސްޓް އަޔަންއާ ޚިލާފަށް މީގައި ހުތް މާއްދާތައް އެކުލެވޭ ތަކެތި ކެއްކުމަކުން އެއްވެސް މައްސަލައެއް ދިމައެއް ނުވެއެވެ. ތަވާގައި ހުދު ތިކިތަކެއް ނުވަތަ ފުސްގަނޑެއް ނުވަތަ އިރުގެ ދޯދިތައް ފަދަ ކުލަތަކެއް ފެނުމަކީ ތަވާ ހަލާކުވުން ނޫންކަން ދަންނަންޖެހެއެވެ. މިއީ މިފަދަ ކަންކަން ދިމާވާ ސަބަބުތަކާއި އެކަންކަން ހައްލުކުރާނެ ގޮތްތަކެވެ.
ހުރިހާ ސްޓެއިންލެސް ސްޓީލް ތަވައެއްގެ ކުލަ ބަދަލުވޭ ހެއްޔެވެ؟
ކުލަ ބަދަލުވުމާއި ތިކި ޖެހުމަކީ ހަމައެކަނި އަގުހެޔޮ ތަވާތަކަށް ދިމާވާ ކަމެއް ނޫނެވެ. މިއީ މަތީ ފެންވަރުގެ އަގުބޮޑު ސާމާނަށްވެސް ދިމާވާ ކަމެކެވެ. މީގެ އަސްލު ސަބަބަކީ ހޫނާއި، ސާފުކުރާ ގޮތާއި އަދި ކައްކާ ގޮތެވެ. ފެންވަރު ރަނގަޅު ތަވާތައް މާ ބޮޑަށް ހަރުދަނާވެފައި، ހޫނު ހިފަހައްޓާލެއް އެއްވަރުވާނެއެވެ. 304 ނުވަތަ 18/10 ފަދަ މަތީ ގްރޭޑްތަކުގެ ސްޓީލްގައި ކްރޯމިއަމް އަދި ނިކަލް ހުންނަ މިންވަރު ގިނަވުމުން، ކެމިކަލް ރިއެކްޝަންތަކުން ރައްކާތެރިކޮށްދެއެވެ.
ކުލަ ބަދަލުވުމާއި ތިކި ޖެހެން މެދުވެރިވާ ސަބަބުތައް
ތަވާގެ ކުލަ ބަދަލުވުމަކީ އާންމު ކަމެއް ކަމުން އޭގެ ސަބަބުން ސިއްޙީ ނުރައްކަލެއް ނެތެވެ. މިއީ މައިގަނޑު ގޮތެއްގައި ގަދަ ހޫނާއި، ކާނާގައި ހުންނަ މާއްދާތަކާއި ތަވާ ސާފުކުރާ ގޮތުގެ ސަބަބުން ދިމާވާ ކަމެކެވެ.
ހުދު ތިކިތައް: ތަވާގައި ހުންނަ ހުދު ތިކިތަކަކީ ފެނުގައި ހުންނަ މިނަރަލް ނުވަތަ ކެލްސިއަމް ފަދަ މާއްދާތަކެވެ. ފެން ކައްކާއިރު ފެން އާތްވަށްވެ ހިކުމުން މި މާއްދާތައް ތަވާގައި ހަރުލަނީއެވެ.
ލޮނުގެ ސަބަބުން ޖަހާ ތިކި: ހިކި ތަވައަކަށް ނުވަތަ ފިނި ފެނަށް ލޮނު އެޅުމުން އޭގެ ސަބަބުން ތަވާގެ ފިނިޝްއަށް އަސަރުކޮށް، ކުދިކުދި ލޯވަޅުތައް އުފެދިދާނެއެވެ. މީގެން ސަލާމަތްވުމަށް އަބަދުވެސް ފެން ކެކުމުން ލޮނު އަޅައި ގިރުވާލާށެވެ.
ފުސްގަނޑުލުން: އަލުވި ނުވަތަ ޕާސްތާ ފަދަ ސްޓާޗް ގިނަ ތަކެތި ކެއްކުމުން ނުވަތަ ތެޔޮ އަނދައިގެން ތަވާގައި ފުސްގަނޑެއް ލާފާނެއެވެ. އަދި ޑިޝްވޮޝަރުން ދޮވުމުން ނުވަތަ ސައިބޯނި ރަނގަޅަށް ފިލުވާނުލުމުންވެސް މި މައްސަލަ ދިމާވެއެވެ.
ކުލަގަދަ ދޯދިތައް (Rainbow Tint): ހުސް ތަވައެއް ގަދަ ހޫނުގައި އުދުުން މަތީގައި ބެހެއްޓުމުން، ސްޓީލްގައި ހުންނަ ކްރޯމިއަމް އޮކްސިޖަންއާ އެކުވެ، ނޫ ނުވަތަ ދަނބު ކުލައިގެ ދޯދިތަކެއް ފެންނަން ހުރެދާނެއެވެ.
ކުލަ ބަދަލުވުމާއި ތިކިތައް ފިލުވާނެ ގޮތް
މި ނިޝާންތަކަކީ ދާއިމީ ކަންކަމެއް ނޫނެވެ. އާދައިގެ ސާފުކުރާ ތަކެތި ބޭނުންކޮށްގެން އަލުން އޮފް އެރުވިދާނެއެވެ.
ވިނިގާ ބޭނުންކޮށްގެން: އެއްވަރަކަށް ވިނިގާ އާއި ފެން އެއްކޮށްފައި ތަވާގެ ފުލުގައި އަޅާށެވެ. މަދު މިނެޓްކޮޅަކު ބެހެއްޓުމަށްފަހު މަޑު އިސްޕަންޖަކުން އުނގުޅާލައި، އާދައިގެ މަތިން ދޮވެ ހިއްކާލާށެވެ.
ވިނިގާ ހޫނުކޮށްގެން: މަތީގައިވާ މިކްސްޗަރު ތަވައަށް އަޅައި އުނދުން މަތީގައި ކައްކާލާށެވެ. ހޫނުކަން ކެނޑުމުން އޭގައި ހުންނަ ހަޑިތައް ފިލާނެއެވެ.
ބާ ކީޕާސް ފްރެންޑް: މިއީ ސްޓެއިންލެސް ސްޓީލް ސާފުކުރަން ޚާއްސަ ކެމިކަލެކެވެ. މީގެ ކުޑަ އެތިކޮޅެއް ފެނާ އެއްކޮށްފައި އުނގުޅާލުމުން އަލުން އޮފް އަރާނެއެވެ.
ސްޓެއިންލެސް ސްޓީލް ތަވާތައް ރީތިކޮށް ބެލެހެއްޓުމަށް:
● އާ ތަވާތަކުގައި ގިނަ ވަގުތު ހުތް އެއްޗެހި (މިސާލަކަށް ޓޮމާޓޯ ސޯސް) ނުކައްކާށެވެ.
● ކައްކާ ނިމުމުން ހުތް އެއްޗެހި ތަވާގައި ގިނަ އިރުވަންދެން ނުބަހައްޓާށެވެ.
● ތަވާ ހޫނުކުރާއިރު މަޑު ގިނީގައި ހޫނުކުރާށެވެ.
● ތަވައަށް އެއްޗެހި އެޅުމުގެ ކުރިން އޭގެ ފިނިކަން ކަނޑުވާލާށެވެ.
● ދޮވެ ނިމުމުން ވަގުތުން މަޑު ފޮތިކޮޅަކުން ހިއްކާލާށެވެ. އޭރުން ފެން ތިކީގެ ނިޝާންތައް ނުހުންނާނެއެވެ.
