ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ޖިމަށް ދާތާ 6 ހަމަސް ވީ އިރުވެސް ނަތީޖާއެއް ނުފެނޭ! މިވަނީ ކިހިނެތް؟

ޖިމަށްގޮސް ހަށިގަނޑު ބަދަލުކޮށްލުމަކީ މުޅި ދުނިޔޭގައިވެސް މިވަގުތު އެންމެ ޓްރެންޑިން އެއް އޮބްސެޝަންއެވެ. ރާއްޖޭގައިވެސް ޖިމަށްދާ މީހުން ކުރިއަށްވުރެ ބޮޑުތަނުން އިތުރެވެ. ނަމަވެސް ހަމަ ޖިމަށް ގޮސް ބަރު އުފުލާ މެޝިންތަކަށް އެރިޔަސް އަދި ބޮޑީ ޓްރާންސްފޮމޭޝަނެއް ނާންނާނެއެވެ. މަސް ދެމަހު ޖިމަށް ގޮސް ބަދަލު ނުފެންނާތީ އަންނަ މާޔޫސްކަމުގައި ހުއްޓާލާ މީހުން ގިނައެވެ. ހުރިހާ ވެސް އެއްޗަކީ ބަރު އުފުލުމުގެ “ސައިންސް” އެގުމެވެ. މިކަމުގެ ކެމިސްޓްރީ ނޭނގި، އުސޫލްތަކާއި ބަޔޯމެކޭނިކްސް ނޭގޭނަމަ ދާނީ ހަމަ ޗޮކުންނެވެ. ޖިމަށްދާ މީހުން މައިގަނޑު ގޮތެއްގައި ހަދާ 6 މިސްޓޭކަށް (ގޯހަކަށް) ބަލާލާނަމެވެ.

1- ރަގަޅު ސްޓްރަކްޗައެއް ނެތުން:
ގިނަ މީހުންނަށް ބޭނުންވަނީ މޯޓިވޭޝަނެއް ނޫނެވެ. ރަގަޅު ސްޓްރަކްޗާއެކެވެ. ކޮލިޓީ ޕްލޭނެކެވެ. މައިގަނޑުކޮށް ފާހަގަވާ ކަމަކީ ނުބައި ޕެޓާން އަދި ވޯކައުޓް ކުރުމެވެ. “މަސުލް” އަކަށްވަނީ ބޮޑު 1 މަސުލް އާއި ކުދި 2 ނޫނީ 3 މަސުލް ތަކަކުންނެވެ. މަސުލް ސައިޒަކީ ވަރަށް މުހިއްމު އެއްޗެކެވެ. ރަގަޅު ވޯކައުޓުން މަސުލްއަށް އަންނާނީ މައިގަނޑު 3 ބަދަލެކެވެ. ސައިޒް ބޮޑުވުމާއި ސްޓްރެޗް ވުމާއި ޕޮއިންޓްވެ ރައުންޑުނަސް ނިކުތުމެވެ. އެހެންކަމުން ވޯކައުޓް ފައްޓަންވާނީ އެންމެ ބޮޑު ކޮމްޕައުންޓް މަސުލް އަށް ފޯކަސްކޮއްގެންނެވެ. މިސާލަކަށް ޗެސްޓް ނަމަ ފްލެޓް ބާބެލް ޕްރެސް އިން ފެށުމެވެ. މޭމަތީގެ ބޮޑު މަސްގަނޑު “ޕެކްޓޮރާލިސް މޭޖަރ” އެންމެ އެކްޓިވޭޓް ވާނީ މީގެއިންނެވެ. ރަގަޅު ފޯމުގަ ހިތްހަމަ ޖެހޭވަރަށް ޕަންޕްވީމަ ނޫނީ އެހެން ވޯކްއުޓްއަށް ނުދިއުމެވެ. ސައިޒަށް ފަހު ސްޓްރެޗްކުރާނީތޯ ނޫނީ ޕޮއިންޓްކޮށް ރައުންޑްކަން ގެނުވާނީތޯ ނިންމާނީ ޓްރެއިނަރެވެ. ނުވަތަ ލިފްޓްކުރާ މީހާއެވެ. މަސުލް އިތުރަށް ބޮޑުވާނީ ސްޓްރެޗްކޮށްފައި ޕޮއިންޓް ކުރުވީމައެވެ. މިސާލަކަށް ޗެސްޓް ގެ ދެވަނަ ވޯކައުޓަކަށް ‘ކޭބަލް ފުލައި’ ނުވަތަ ‘ޕެކް ޑެކް ފުލައި’އެވެ. ތިންވަނަ ވޯކައުޓަކަށް ‘އިންކްލައިން ޕްރެސްއެއް’ ރަގަޅު ވާނެއެވެ. ސްމިތު މެޝިނުންވެސް ހެދިދާނެއެވެ. ނަމަވެސް ކޮންޓްރޯލިންނާއި ރޭންޖް އޮފް މޯޝަން ބޮޑުވާނީ އިންކުލައިން ޑަމްބެލް ޕްރެސްގައެވެ.

މިވެސް ކިޔާލަން:  އުމުރުން ދުވަސްވީ މީހުން ޖިމަށް ގޮސް ކަސްރަތު ކުރުން

2- މަސުލް ޤުރޫޕަކަށް މާ ގިނަ ވޯރކައުޓް ކޮށް އޯވަރ ޓަޔާރޑްކޮށްލުން

ދެން ފެންނަ އަނެއް މައްސަލައަކީ އެއް މަސުލް ޤުރޫޕަކަށް މާ ގިނަ ވޯރކައުޓް ކޮށް އޯވަރ ޓަޔާރޑު ކޮށްލުމެވެ. މަސުލް ވަރުބަލިވެފައި އިންދާ ކިތަންމެ ވަރަކަށް ފިޒިކަލް ޑިމާންޑް ދިނަސް އެޔަކަށް ރެސްޕޮންޑެއް ނުކުރާނެއެވެ. މަސުލް އަކަށް ފަސް ހަ ވޯރކައުޓް ކުރުމުގެ ބަދަލުގައި ކޮންޓްރޯލުގައި ތިން ހަތަރު ވޯރކައުޓް އެކަށީގެންވާ ރިކަވަރީ ދެމުން ހެދީމާ ރަގަޅުވާނެއެވެ. “ލެގްޑޭ، އަޕަބޮޑީ ނުވަތަ ޗެސްޓުޑޭ” މީ ޢާއްމުކޮށް އަޑުއިވޭ ޕެޓާންތަކެވެ. މިދަފަ “ޑޭ” ތަކުގައި ގިނަ ފަހަރު ނުބައި އެންގަލުން ސުޓްރެޗްކުރުމާއި އެކްޓިވްވެފައި އޮންނަ މަސުލްގެ ޝިފްޓު ގެއްލުމާއި ނުބައި ވޯރކްއައުޓްތައް ހިމެނުން މީ އާއްމު ކަމެކެވެ. މީގެ ބަދަލުގައި ވަކި މަސުލް ގުރޫޕު އެކްޓިވޭޓުވެ ފޯކަސްވާގޮތަށް ވޯރކައުޓް ޕެޓާން ބަދަލުކޮށްލުމުން ނަތީޖާ ފެންނަލެއް އަވަސް ވާނެއެވެ. މިސާލަކަށް ގަސް ހެއްދުމަށް ފެނަކީ ވަރަށް މުހިއްމު އެއްޗެކެވެ. ނަމަވެސް މާގިނައިން ފެންދޭނަމަ ގަސް ހެދިބޮޑުވުމަށް ހުރަސް އެޅި ރޯކަން ގެއްލި މަރުވާފަހަރުވެސް އާދެއެވެ. މަސުލް ގުރޯތަކީ މިކަހަލަ ކަމެކެވެ.

3- ޕްރޮގްރެސިވް އޯވަލޯޑް:
އަބަދު އެއް ބަރުމިނެއްގައި އެއް ވޯރކައުޓް އެއް ޢަދަދެއްގެ ރެޕަށް ހަދާނަމަ މަސްގަނޑު ބޮޑުނުވެ ހުންނާނީ އެ ރޭންޖަށް ހޭނިފައެވެ. މަސްގަނޑަށް އެނގޭނީ ނާރުތަކުން ފޯރުކޮށްދޭ މެސެޖުން ވޯރކްކައުޓުން އަންގައިދޭ އެއްޗެކެވެ. ވީވާ ވޯރކްއައުޓް ޓްރެކްކޮށް އޯވަރލޯޑަށް ދާންޖެހެއެވެ. މި ޕްރޮސަސް ފުރިހަމަ ނުވާނަމަ ސިކުނޑީގައި އިންނާނީ އެވެނި ޢަދަދެއް ހަމަކުރުމެވެ. މަސުލް ވަރުބަލި ނުވިޔަސް ޢަދަދު ހަމަވީމާ ނިންމާލުމަށް ސިކުނޑި ބާރުއެޅުމެވެ. ނޫނީ ކުދި ބުރޭކްތަކަށްފަހު ފައްޓާނަމަވެސް މަސުލް މެމަރީ ޤާއިމު ނުކޮށްދިނުމެވެ. ނަތީޖާއަކީ ސްޓްރެންތާއި ފޯމް ގެއްލި ވަރަށް އާދައިގެކޮށް ލުއި ވެއިޓްގައި ފެށުމެވެ. ޕްރޮގްރެސިވް އޯވަލޯޑަކަށް ދާން ބެސްޓް ވެއިޓަށްބުރެ %10 އާއި %20 ދަށް ވެއިޓަކުން ފަށާށެވެ. 2 އަދި 3 ވަނަ ސެޓް ބެސްޓް ވެއިޓްގައި ހިފަހައްޓާނީއެވެ. ރަގަޅު ގޮތަކީ ބަރުމިން އިތުރުކޮށް ރެޕްސް މަދުކުރުމެވެ. ރަގަޅު ފޯމުގައި 6 ރެޕަށް ގިނަވެގެން 8 ރެޕަށް ޓާގެޓް ކުރާށެވެ. ވަރުބަލިވާ ވަރަކަށް ވެއިޓް %10 އާއި %30 އަށް ދައްކުރަމުން ޑްރޮޕް ސެޓަށް ދެވިދާނެއެވެ. ދެސެޓް ދޭތެރެއިން ރިކަވަރީއަށް ވަޤުތުދީފައި ނޫނީ ނުފައްޓާށެވެ. މަސުލް ސައިޒް ބޮޑުކޮށް ސްޓްރެންތު އިތުރު ކުރުމަށް ބައިވަރު ޕެޓާންތައް ހުރެއެވެ. މިގޮތުން ޖާމަން ވޮލިއުމް ޓްރެއިނިންގ މީ ރަގަޅު މެތަޑެކެވެ.

މިވެސް ކިޔާލަން:  ކޮންމެ ދުވަހަކު ގްރީކް ޔޯގަޓް ބޭނުންކުރުމުން ގޮހޮރާއި، ކަށިތަކާއި އަދި ބަރުދަނަށް ކުރާ އަސަރުތައް

4- މެކޭނިކަލް ޓެންޝަން:
މީ މަސުލް ފައިބާރސް އެކްޓިވްވާ ގަޑީގަ ބަރުގެ ޓެންޝަން ލުއިވިޔަނުދީ ސްޓްރެޗްގައި ހިފެހެއްޓުމެވެ.

5- ރިކަވަރީ އާއި ނިއުޓްރިޝަން:
ޖިމްގައި ވަރުބަލި ކޮށް ބްރޭކް ކުރި މަސުލް ފައިބާރސް ރިޕެއަރ ވުމަށް ވޯކައުޓް ފަހުން ރަގަޅު ކާނާއާއި ދުވާލެއްގެ މައްޗަށް މަދުވެގެން 4 ލީޓަރު ފެން ބުއިން ވަރަށް މުހިއްމެވެ. ޕްރޮޓީން މިންވަރު އިތުރު %30 ހުންނަ ވަރުގެ ކާބްސް އެކުލެވޭ ކާނާއެއް ކާށެވެ. މިގޮތުން މަހުގެ ބާވަތެއް ހިޔާރުކުރެވިދާނެއެވެ. ވޯރކައުޓް ފަހުން ލުއި ކާޑިއޯ ޖެއްސުމުން އަންދާނީ ކެލަރީސް ކަމުން މީ ކުރެވިދާނެ ކަމެކެވެ. މީލް ޕްލޭންގައި ފެޓްސް އިންޓޭކް ދަށްކޮށް ހަށިގަނޑުގެ ކޮންމެ ކިލޯޔަކަށް 2 ގްރާމްގެ ރޭޓުން ޕްރޮޓީން ނަގާނަމަ މަސުލް ވޮލިއުމް ނުގެއްލި ވިރެމުންދާނީ ސަރުބީއެވެ.

6- ފުރިހަމަ ނިދި

ނިއުޓްރިޝަން ފަދައިން ނިދި އެހާ މުހިއްމެވެ. ނިދަން އެންމެ ރަގަޅީ ކިތައް ގަޑިއިރިތޯ މީ ކުރެވޭ ބަހުސެކެވެ. ސަބަބަކީ އެކިމީހުންގައިގާ ހޯމޯންސް އުފައްދާ ރެގިއުލޭޓް ކުރުވާ މިންވަރު ތަފާތުވުމެވެ. އެއްބަސް ވެވޭ ކަމަކީ ހޯމޯން ބެލެންސް ކުރުމާއި ރިކަވަރީއަށް ރޭގަނޑުގެ ނިދި ވަރަށް މުހިއްމުކަމެވެ. ރޭގަނޑުން ނިދި ހަމަ ނުކުރެވޭނަމަ ދުވާލު ޕަވަރ ނެޕެއް ނަގައިގެން ނަމަވެސް އެބައި ހަމަކޮށްލުމެވެ.

ސައިންސް ނުދަނެ ޖިމަށް ދާ މީހާގެ މިސާލަކީ ގެއެއް ހަދަމުންގޮސް މަތީ ބެރި ދުއްވި ހިސާބުން ސީލިންގުކުރި މީހެއް ފަދައެވެ. ތީ ގޯހެކޭ ބުނާ މީހުނަށް އިޖާބަނުދީ އެތައް ދުވަހެއް ފަހުން ރާނާ ހިޔާކޮށް ދޮރު ބަހައްޓާ ޢިމާރާތް ނިންމައިފިއެވެ. ނަމަވެސް އޭރު ސީލިންގާއި ކަރަންޓް މަސައްކަތުގެ ބޭނުމެއް ނެތެވެ. ތަނބުތައް ހުރީ ބާރު ކެނޑި ރެނދު ލާފައެވެ. ސައިންސް އެނގުމަކީ ޕުލޭނެއް އޮވެގެން ދާންވާ މިސްރާބު އެނގުމެވެ. މަސުލް ސްޓްރެންތާއި ނިއުރޯންސްތައް ހަރަކާތްވެ ނާރުގައި ވަރުޖެހި ބޯން ޑެންސިޓީ އިތުރުވެ ޓެންޑަންސް ވަރުގަދަ ވެގެންނޫނީ ހަށިގަނޑު ވަރުގަދަ ނުވާނެއެވެ.

މިވެސް ކިޔާލަން:  މާލޭގެ ޖިމްތައް ބަންދުކޮށްފި
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top