ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގުރޫޕްގެ އެއްވަނަ ޔުނީކް ހޯދައިފި
މަހިބަދޫ ޔޫތު ހޭންޑްބޯލް - އެފްބީ

އދ. މަހިބަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ހޭންޑްބޯލް ހަތަރުވަނަ މުބާރާތުގެ ގުރޫޕް ސްޓޭޖްގެ މެޗުތައް ނިމުނުއިރު، ގުރޫޕް އޭގެ އެއްވަނަ ޔުނީކް ހޯދައިފި އެވެ. ގުރޫޕް އޭގެ އެއްވަނަ ޔުނީކް ހޯދީ އެ ޓީމު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ނެވެ.

ގުރޫޕް ސްޓޭޖް ފަހު ދެ މެޗު ރޭ ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ ބްލޫ ހާރޓް އާއި ރޯޔަލް ރެޑްސް ޖޫނިއާރސް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ ކާލާމަންނަ އާއި ޔުނީކް އެވެ.

މެޗަށް ނުކުތްއިރު ވެސް ސެމީ ފައިނަލްގެ ފުރުސަތު ގެއްލިފައި އޮތް ބުލޫ ހާރޓް އާއި ރޯޔަލް ރެޑްސް ޖޫނިއާރސް ބައްދަލުކުރި މެޗަކީ ދެ ޓީމުގެ ވެސް ތިންވަނަ މެޗެވެ. ފުރަތަމަ ދެ މެޗުން ބަލިވެފައިވާ މި ދެ ޓީމުގެ ކުރިމަތިލުން ކާމިޔާބުކުރާ ޓީމަކަށް މި ގުރޫޕްގެ ތިންވަނަ ލިބޭނެ އެވެ.

މެޗުގެ ފުރަތަމަ މިނިޓްގައި ރޯޔަލް ރެޑްސް ޖޫނިއާރސްއިން މެޗުގެ ލީޑު ނެގިނަމަވެސް، އެ ލަނޑަށް މާގިނައިރެއް ނުވެ ގާތްގާތުގައި ކާމިޔާބުކުރި ތިން ލަނޑާއިއެކު ބްލޫ ހާރޓުން މެޗުގެ ކޮންޓްރޯލް ހޯދި އެވެ. މެޗުގެ ފުރަތަމަ ހާފުގައި ބްލޫ ހާރޓުން ހަ ލަނޑު ކާމިޔާބުކުރިއިރު، ރޯޔަލް ރެޑްސް ޖޫނިއާރސްއަށް ކާމިޔާބުކުރެވުނީ ތިން ލަނޑެވެ.

ދެވަނަ ހާފުގައި ރޯޔަލް ރެޑްސް ޖޫނިއާރސްއިން ކުޅުން ރަނގަޅުކޮށް އިތުރު ލަނޑުތަކެއް ކާމިޔާބުކުރި ނަމަވެސް، ބައިކޮޅަށް ވަންނަމުންދިޔަ ލަނޑުތައް ހުއްޓުވޭގޮތެއް އަދި ބްލޫ ހާރޓްގެ މައްޗަށް ކުރި ހޯދޭގޮތެއް ނުވި އެވެ. މި މެޗުގައި ބްލޫ ހާރޓްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މަރިޔަމް އިމްސާ، ފިޒާނާ މުޙައްމަދު، ހައްވާ ޝަޒްލާ އަދި ހައްވާ ލަމްހާ އެވެ. ރޯޔަލް ރެޑްސް ޖޫނިއާރސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އާއިޝަތު އަލްވީނާ އަޙްމަދު، ޚަދީޖާ އަޒްނާ ޢަބްދުﷲ، ރިކްޒާ ޤާސިމް ރައޫފް އަދި އާއިޝަތު ޝާނިހާ މުޙައްމަދު އެވެ.

މިވެސް ކިޔާލަން:  މަހިބަދޫ ކައުންސިލްގެ ހަތަރުވަނަ ހޭންޑްބޯލް މުބާރާތް ފަށައިފި

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބުލޫ ހާރޓްގެ މަރިޔަމް އިމްސާ އެވެ.

ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ އެއްވަނައަށް ވާދަކުރާ ކަލާމަންނަ އާއި ޔުނީކް އެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެންނާނެކަމަށް ބެލެވުނު މި މެޗު ގިނަ ވަގުތު ލީޑުކުރީ ޔުނީކް އެވެ.

ދެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ މިނިޓްގައި ކާލާމަންނައިން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. އެ ޓީމުން ނެގި ލީޑުގައި ހަމަޖެހިނުލެވި އުޅެނިކޮށް ޔުނީކުން ފަހަތުން އަރައި ހަތަރު ލަނޑު ކާމިޔާބުކޮށް ކުރި ހޯދައި ހަމަޖެހިލި އެވެ. މި ހާފުގައި ޔުނީކުން 14 ލަނޑު ކާމިޔާބުކުރިއިރު، ކާލާމަންނައަށް ކާމިޔާބުކުރެވުނީ 7 ލަނޑެވެ.

ދެވަނަ ހާފުގައި ކާލާމަންނައިން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކައި ޔުނީކްއަށް ރަނގަޅު ޗެލެންޖެއް ކުރިމަތި ކުރުވައިފަ އެވެ. މި ހާފުގައި ޔުނީކުން އިތުރު ހަތް ލަނޑު ކާމިޔާބުކުރިއިރު، ކާލާމަންނައިން ވެސް ވަނީ ހަތް ލަނޑު ކާމިޔާބުކޮށްފަ އެވެ. މި މެޗުގައި ޔުނީކްއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އަންޖާ ރެޕަނޮވި، ފާތިމަތު ޝިފާ، ސަންފާ ޝިޔާނާ، އާމިނަތު ނުޒްހާ މުޙައްމަދު، އިންސާ އަހްމަދު ރިފްއަތު އަދި މަރިޔަމް ޝީނީޒް އެވެ. ކާލާމަންނައިގެ ލަނޑުތައް ކާމިޔާބުކޮށްދިނީ، ލިމްޔާ އަލީ ޤާސިމް، ސޮފާ ޤާސިމް، ސައުސަން އާދަމް، ނަޝާޔާ ހަސަން އަދި ސުރުފާ ހުސައިން އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނީކް ޓީމުގެ އަންޖާ ރެޕަނޮވި އެވެ.

މިވެސް ކިޔާލަން:  އެޕެކްސް އާއި ޔުނީކް އަދި ކާލާމަންނަ ސެމީއަށް 

މި މުބާރާތުގެ ދެ މެޗު މިރޭ ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލް ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި، 20:30 ގައި ބައްދަލުކުރާނީ ޔުނީކް އާއި އެޕެކްސް އެވެ. 21:30 ގައި ފެށުމަށް ހަމަޖެހިފައިވާ ދެވަނަ މެޗުގައި ބައްދަލުކުރާނީ ރޯޔަލް ރެޑްސް އާއި ކާލާމަންނަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top