2025 ޑިސެމްބަރު 21ން 23އަށް އިންޑިއާގެ ބެންގަލޫރުގައި ބާއްވާ 05ވަނަ ކަރްނާޓަކާ ފިލްމު މަހާސަމާއަށް ފިލްމު ހުށައެޅުމުގެ ފުރުޞަތު ދިވެހި ފަންނާނުންނަށް ހުޅުވާލައިފިއެވެ. މިފަހަރުވެސް މި ފުރުޞަތު ދިވެހި ފަންނާނުންނަށް ފަހިކޮށްދީފައިވަނީ ދިވެހި ފަންނާނުންނަށް ގިނަގުނަ ފަހި ފުރުޞަތުތަކެއް ހޯދައިދެމުން އަންނަ މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް (އެމްއެސްޕީއޭ) އިންނެވެ.

އެމްއެސްޕީއޭ އިން މިއަދު ބުނީ 2025 އޮކްޓޫބަރު 16ގެ ކުރިން، މި މަހާސަމާގައި ބައިވެރިކުރުމަށް ހުށައަޅަން ބޭނުންވާ ފިލްމުތަކުގެ ނަންތައް އެމްއެސްޕީއޭގެ އީމެއިލް [email protected] އަށް ހުށައެޅުމަށް އެދިފައިވެއެވެ. މި ފިލްމު މަހާސަމާއަށް ހުށައެޅޭނީ ހަމައެކަނި 2024 ވަނަ އަހަރު ރިލީޒްކޮށްފައިވާ ފިލްމުތަކެވެ. ހުށައަޅާ ފިލްމުތަކުން ހޮވައިލެވޭ ފިލްމުތަކެއް ފެސްޓިވަލްގައި ބައިވެރިކުރުމަށް ފޮނުވޭނެ ކަމަށްވެސް އެ ސޮސައިޓީން ބުނެއެވެ.

މި މަހާސަމާއާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް އެމްއެސްޕީއޭގެ ޗެއަރ މުޙައްމަދު ރަޝީދު (ދަރާބެ)އަށް ގުޅުމަށް އެދިފައިވެއެވެ.

2024ވަނަ އަހަރު ޑިސެމްބަރު މަހު 22ން 24އަށް އިންޑިއާގެ ކަރްނާޓަކާގެ ހުބުލީގައި ބޭއްވި 03 ވަނަ ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލުގައި އެކިއެކި ޤައުމުތަކުން ހުށައެޅި 145 ފިލްމުގެ ތެރެއިން ރާއްޖޭގެ 03 ފިލްމަކަށް ފަޚުރުވެރި 05 އެވޯޑެއް ލިބިފައިވެއެވެ.

145 ފިލްމުގެ ތެރެއިން ރާއްޖޭގެ 03 ފިލްމަކަށް 05 އެވޯޑެއް ލިބުން މިއީ ކުޑަކަމެއްނޫން!

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.