ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސެމީ ފައިނަލްގެ އުންމީދު ފޮނަދޫން އާ ކުރިއިރު، ގޮއިދޫން ސެމީ ފައިނަލްގެ ޖާގައެއް ޔަގީންކޮށްފި
ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިސްއިން އިންތިޒާމްކޮށްގެން ބާއްވާ ރާއްޖެ ސްޕަރ ލީގު 2026 ވޮލީބޯޅަ މުބާރާތުގެ، ފިރިހެން ޑިވިޝަންގައި އެ ޓީމުން ކުޅުނު ދެވަނަ މެޗުން މޮޅުވެ ސެމީ ފައިނަލްގެ އުންމީދު ފޮނަދޫން އާކޮށްފައިވާއިރު، ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ގޮއިދޫން ސެމީ ފައިނަލްގެ ޖާގައެއް ޔަގީންކޮށްފިއެވެ. ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލްގައި މިހާރު ކުރިޔަށްދާ މި މުބާރާތުގެ ދެ މެޗު އިއްޔެ ވެސް ވަނީ ކުޅެފައެވެ.

އިއްޔެ ކުޅެވުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގައި ހިމެނޭ ހަނިމާދޫ އާއި ފޮނަދޫ އެވެ. މިއީ ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ކުޅުނު ފުރަތަމަ މެޗުން ހަނިމާދޫ ބަލިވެފައި ވާއިރު، ފޮނަދޫ ވަނީ އެ ޓީމު ކުޅުނު މެޗު ކާމިޔާބުކޮށްފައެވެ.

ފުރަތަމަ މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ފޮނަދޫން މި މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. 3 ސެޓް 1 ސެޓުން ކާމިޔާބުކުރި މި މެޗާއިއެކު ހަ ޕޮއިންޓް ލިބި އެ ޓީމަށް ވަނީ ސެމީ ފައިނަލްގެ ފުރުސަތު ބޮޑުވެފައެވެ.

މި މެޗުގެ ފުރަތަމަ ސެޓްގައި ރަނގަޅަށް ކުޅުނީ ހަނިމާދޫންނެވެ. ސެޓް ފެށިގޮތަށް ލީޑުގައި އޮވެ، ހަނިމާދޫން ކުޅެމުން ދިޔައިރު ނަތީޖާ ހަމަހަމަ ކުރުމަށް ފޮނަދޫން ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ. މި ސެޓް ހަނިމާދޫ ކާމިޔާބުކުރީ 25-22 އިންނެވެ.

ފުރަތަމަ މެޗުން މޮޅުވި ފޮނަދޫން ދެވަނަ ސެޓްގައި ވަނީ ކުރީ ސެޓަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ދެވަނަ ސެޓް ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް މަސައްކަތް ކުރަމުންދިޔަ ހަނިމާދޫން މި ސެޓް ވެސް ކުޅެމުން ދިޔައީ ލީޑުގައި އޮވެއެވެ. ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ފޮނަދޫ 10-10 އިން ނަތީޖާ ހަމަހަމަ ކުރިއެވެ. އަދި ފަހަތުން އަރައި ލީޑު ވެސް ނެގިއެވެ. ފަހަތުން އަރައި ލީޑު ނެގި ފޮނަދޫން މި ސެޓް ކާމިޔާބުކުރީ 25-23 އިންނެވެ.

މިވެސް ކިޔާލަން:  ޗެމްޕިއަން ކާލާމަންނަ މޮޅަކުން ފެށިއިރު، ރަނަރަޕް ޗެލެންޖާރސްގެ ފެށުން ނާކާމިޔާބު

ދެ ޓީމަށް ދެ ސެޓް ލިބި މެޗުގެ ފޯރި ގަދަވި ވަގުތު ފޮނަދޫން ވަނީ އިތުރު ހިތްވަރެއް ކޮށްފައެވެ. ސެޓް ފެށުމާއިއެކު ފޮނަދޫން ލީޑުގައި އޮވެ ކުޅެމުން ދިޔަ ނަމަވެސް، ހަނިމާދޫން ވަނީ ދޭތެރެއަކުން ނަތީޖާގެ ފަރަގު ކުޑަކޮށް އަދި އެއްވަރު ވެސް ކޮށްފައެވެ. ދެވަނަ ފަހަރަށް ލީޑު ފުޅާކޮށްލި ފޮނަދޫން މި ސެޓް ކާމިޔާބުކުރީ 25-20 އިންނެވެ.

ތިންވަނަ ސެޓް ކާމިޔާބުކުރުމަށް ފޮނަދޫން އުންމީދާއިއެކު ނުކުތްއިރު، މި ސެޓް ކާމިޔާބުކޮށްގެން ނޫނީ މެޗު ކާމިޔާބު ކުރެވެން ނެތް ހަނިމާދޫން ވެސް ވަނީ ކުރީ ސެޓްތަކަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ދެ ފަހަރު ދެ ޓީމު ލީޑުގައި އޮވެ ކަހަލަ ގޮތަކަށް ކުޅެމުން ދިޔަ މި ސެޓްގެ ލީޑު ފޮނަދޫން ފުޅާކޮށްލުމާއިއެކު އެދިޔަ ބާރުމިނުގައި 25-16 އިން ސެޓް ކާމިޔާބުކުރިއެވެ.

3 ސެޓް 1 ސެޓުން ފޮނަދޫ ކާމިޔާބުކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފޮނަދޫ ޓީމުގެ ފަހަދް ރަޒާ އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް ފޮނަދޫން ވަނީ ގުރޫޕްގެ އެއްވަނައަށް ޖެހިލައިފައެވެ.

ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިއްޔެ ކުޅެވުނު ދެވަނަ މެޗުގައި ބައްދަލު ކުރީ ގުރޫޕް ބީގައި ހިމެނޭ ގޮއިދޫ އާއި ތުލުސްދޫ އެވެ. މިއީ ގޮއިދޫގެ ދެވަނަ މެޗު ނަމަވެސް ތުލުސްދޫގެ ފުރަތަމަ މެޗެވެ. ގޮއިދޫ ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ސެމީ ފައިނަލްގެ އުންމީދު އާކޮށްފައެވެ. މި ގުރޫޕްގައި ހިމެނެނީ ތިން ޓީމެވެ.

މިވެސް ކިޔާލަން:  އަންހެން ވޮލީ ރަނިކަން މާބައިދުއަށް

ފުރަތަމަ ސެޓް ފެށިގޮތަށް، މޮޅު ކުޅުމެއް ދެއްކި ގޮއިދޫން ސެޓް ކާމިޔާބުކުރީ ފަސޭހަކަމާއިއެކު 25-14 އިންނެވެ. މުބާރާތުގެ ފުރަތަމަ މެޗާއި ކުރިމަތިލީ ތުލުސްދޫގެ ފަރާތުން މި ސެޓްގައި ފެނުނީ ދަށް ކުޅުމެކެވެ.

ދެވަނަ ސެޓް ވެގެން ދިޔައީ ތަފާތު ސެޓަކަށެވެ. ފުރަތަމަ ސެޓް ފަސޭހަކަމާއިއެކު ގޮއިދޫ ކާމިޔާބުކުރި ނަމަވެސް، ދެވަނަ ސެޓްގައި ފެނުނީ އެހެން މަންޒަރެކެވެ. މެޗު ފެށިގޮތަށް ރަނގަޅު ކުޅުމެއް ދެއްކި ތުލުސްދޫން ލީޑު ވެސް ނެގިއެވެ. ލީޑުގައި އޮވެ ކުޅެމުން ދިޔަ ތުލުސްދޫ އާއި ގޮއިދޫން އެއްވަރު ކުރީ 10-10 އިންނެވެ. ފަހަތުން އަރައި މެޗުގެ ކޮންޓްރޯލް ހޯދި ގޮއިދޫން ފުޅާކޮށްލި ލީޑުގައި އެ ޓީމަށް އޮވެވުނީ 23 ވަނަ ޕޮއިންޓާއި ހަމައަށެވެ. 23-23 އިން ތުލުސްދޫން ނަތީޖާ ހަމަހަމަ ކުރިއެވެ. ސެޓް ނިންމަން ދެ ޓީމަށް ވެސް ފުރުސަތު ލިބުނު މި ސެޓް ގޮއިދޫން ކާމިޔާބުކުރީ 30-28 އިންނެވެ.

ތިންވަނަ ސެޓް ކާމިޔާބުކޮށް ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީންކުރަން ގޮއިދޫން މަސައްކަތް ކުރިއިރު، މި ސެޓްގެ ވެސް ކުރީކޮޅު ރަނގަޅަށް ކުޅުނީ ތުލުސްދޫ އެވެ. ލީޑުގައި އޮވެ ކުޅެމުންދިޔަ ތުލުސްދޫގެ މައްޗަށް ކާމިޔާބު ހޯދުމަށް މަސައްކަތްކުރަމުން ދިޔަ ގޮއިދޫއަށް ކާމިޔާބު ލިބުނީ ސެޓްގެ ފަހުކޮޅު އެވެ. 20-20 އިން ނަތީޖާ ހަމަހަމަކޮށް ގޮއިދޫން ލީޑު ނެގިއެވެ. ފަހަތުން އަރައި ގޮއިދޫ މޮޅުވި މި ސެޓް އެ ޓީމުން ކާމިޔާބުކުރީ 25-22 އިންނެވެ.

ސީދާ ތިން ސެޓުން މޮޅުވެ ގުރޫޕްގެ އެއްވަނައާއިއެކު ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ގޮއިދޫން ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޝަމާއިލް ހުސައިން އެވެ.

މިވެސް ކިޔާލަން:  ޢާންމުކޮށް ބޭނުންވާ ތަކެތި، ދަތިކަމެއްނެތި ލިބޭނެ ގޮތް ފަހިކޮށްދޭނަން - ރައީސް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top